މިސްކިތްތަކަށް ގެއްލުން ދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅައިފި ކޮމިޓީން ފާސްކުރީ، މެންބަރުންގެ ގޮނޑި ގެއްލޭއިރު ރައްޔިތުންގެ ވޯޓަކަށް ނުދާން ވިހެއުމުގެ ތެރޭގައި ނިޔާވި ނަޒާހަތުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ އަންހެ

އަތޮޅު ކައުންސިލްތައް އުވާލާ، ރަށާއި ސިޓީ ކައުންސިލްތަކުގެ މެންބަރުންގެ އަދަދަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ގާނޫނަށް ހުށަހެޅި އިސްލާހުތައް ކޮމިޓީން ފާސްކޮށްފިއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާބެހޭ ގާނޫނާ، ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލުތައް މަޖިލީހުން އެކުލަވައިލި ވަގުތީ ކޮމިޓީން ދިރާސާކޮށް، މިއަދު ފާސްކޮށްފައިވަނީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އަޣުލަބިއްޔަތުން ނެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމާއި ބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ތެރޭގައި
މި ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި 3 ކައުންސިލަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުގައި އެއް ގޮނޑި އަންހެނުންނަށް ހާއްސަ ކުރަންޖެހޭނެ އިރު 5 ކައުންސިލަރުން އިންތިހާބު ކުރާ ކައުންސިލްތަކުގައި މިހާރުވެސް އަމަލުކުރާ ގޮތަށް 2 ގޮނޑި އަންހެނުންނަށް ހާއްސަ ކުރަން ޖެހޭނެއެވެ.
މީގެ އިތުރުން މި ގާނޫނުގައި ކޮންމެ ރަށެއްގައިވެސް އަންހެނުންގެ ކޮމިޓީ މެންބަރުން ތިބެންވާނީ ކައުންސިލަރުންގެ އަދަދަށް ކަމަށާއި، އަންހެނުންގެ ކޮމިޓީގެ ރައީސް އިންތިހާބު ކުރާނީ ކައުންސިލް ރައީސް އިންތިހާބު ކުރާ ގޮތަށް ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކޮމިޓީގެ ރައީސްގެ މަގާމަކީ، ފުލްޓައިމް މަގާމެއް ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.
މި ބިލު ދިރާސާކުރުމުގެ މަރުހަލާގައި ކޮމިޓީން އިތުރު އިސްލާހެއް ގެނެސްފައިވާއިރު އެ އިސްލާހުގައިވަނީ މާލެ ސިޓީއާއި، ފުވައްމުލައް ސިޓީ ފިޔަވައި އެހެން ސިޓީތަކުގައި އާބާދީ 10،000 އާއި 25،000 ދެމެދުގެ އަދަދެއްނަމަ މޭޔަރު ހިމެނޭހެން 7 ކައުންސިލަރުން ހިމެނުމަށެވެ. އާބާދީ 25،000 އާއި 50،000 އާ ދެމެދު ނަމަ މޭޔަރު ހިމެނޭހެން 11 ކައުންސިލަރުން ހިމެނުމަށް އިސްލާހުވަނީ ހުށަހަޅާފައެވެ. އަދި 50،000 އަށްވުރެ އިތުރުނަމަ މޭޔަރު ހިމެނޭހެން 15 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ. އަދި ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަ ގޮނޑިތައް ކަނޑައަޅާނީ، ހުރިހާ ދާއިރާއެއް ހަމަހަމަވާ ގޮތަށް ދައުރުވާ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ ދަށުން ކަމަށްވެސް ވަނީ ހުށަހަޅާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ