މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުالله ނާޞިރުގެ މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ޢައިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ނާސިރުގެ މަންމާފުޅު އަވަހާވީ މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 83 އަހަރެވެ.
ޝަރީފާ މުޙައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ނާޞިރުގެ މަންމާފުޅު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައިކަމަށެވެ.
އެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަން. މަރްޙޫމާ ޝަރީފާ މުޙައްމަދު މާތް الله ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލައްވާށި.
ރައީސް މުޢިއްޒު
މިނިސްޓަރު ނާޞިރުގެ މަންމާފުޅުގެ މޫނުދެއްކުމާއި ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގައެވެ. މައްޔިތާ ވަޅުލުމަށް ހަމަޖެހިފައިވަނީ މަޣްރިބް ނަމާދަށްފަހުގައެވެ.
މިނިސްޓަރ އަބްދުالله ނާޞިރުގެ މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް މުޢިއްޒުގެ ތަޢުޒިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ