އެމެރިކާގެ ޔުނިވަސިޓީއެއްގައި ދިން ބަޑީގެ ޙަމަލާއެއްގައި 2 ދަރިވަރުން މަރު

އެމެރިކާގެ ރޯޑް އައިލެންޑުގައި ހުންނަ މަޝްހޫރު ބްރައުން ޔުނިވާސިޓީގައި އިއްޔެ ދިން ބަޑީގެ ހަމަލާތަކެއްގައި 2 ދަރިވަރުން މަރުވެއްޖެއެވެ.
މި ހަމަލާތަށް ދީފައިވަނީ އެ ޔުނިވަސިޓީގެ އިންޖިނިއަރިންގ އާބެހޭ އިމާރާތުގައި އެ ޔުނިވަސިޓީގެ ދަރިވަރުން އަހަރުގެ ފަހު އިމްތިހާނު ހަދަމުންދިޔަ ވަގުތުގައެވެ. 
ރިޕޯޓުތަކުން ދައްކާ ގޮތުން މި ޔުނިވާސިޓީގެ އިންޖިނިއަރިންގ ކިޔަވައިދޭ ކްލާސްރޫމްތައް އެވަގުތު ބެހެއްޓީ އިމްތިހާނު ވަގުތުކަމަށްވުމުން ތަޅުނުލައެވެ. އެހެންކަމުން ފަސޭހަކަމާއިއެކު މި ހަމަލާދިން މިހާއަށް ވަނީ އެ ކްލާސްރޫމު ތެރެއަށް ވަދެވިފައެވެ. 
މި ޙަމަލާގައި އިތުރު ނުވަ މީހުން ޒަޚަމްވެފައިވެއެވެ. އޭގެ ތެރެއިން 8 މީހުންގެ ޙާލު ދެރަކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. މިތަނުން ޒަޚަމްވި މީހުންގެ ތެރޭގައި ގިނައީ ދަރިވަރުންނެވެ.
އާއްމުކޮށޤފައިވާ ސީސީޓީވީ ފޫޓޭޖުގެ ތެރެއިން ބަޑި ޖެހި މީހާ ދައްކުވައިދޭ މަންޒަރެއް-- ފޮޓޯ/ދަގާޑިއަން
އެގައުމުގެ ފުލުހުން ދަނީ ބަޑިޖެހި މީހާ ހޯދުމަށް ހަލުވި ކަމާއިއެކު މަސައްކަތް ކުރަމުންނެވެ. ހެކިތަކުން ދައްކާގޮތުގައި އެއީ ކަޅުކުލައިގެ ހެދުން އަޅައިގެން ހުރި، ގާތްގަނޑަކަށް 30 އަހަރުގެ ފިރިހެނެއް ކަމަށޤ އެގައުމުގެ ފުލުހުން ބުނެފައިވެއެވެ. އޭނާގެ ވީޑިއޯތައް އިދާރާތަކުން އާންމު ކުރި ނަމަވެސް އަދި ވަނަވަރު ހާމަކޮށްފައެއް ނުވެއެވެ.
އެމެރިކާއަކީ މި ފަދަ ބަދީގެ ހާދިޘާތައް ނުހަނު ގިނައިން ހިނގަމުންދާ ޤައުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ