އެއިޓީން ތާޓީ: ވެމްކޯ އާއި ސިފައިން ރަނގަޅު މޮޅަކުން ފަށައިފި އެއިޓީން ތާޓީ: ވެމްކޯ އާއި ސިފައިން ރަނގަޅު މޮޅަކުން ފަށައިފި

ކްލަބް މޯލްޑިވްސްގެ އަންހެން ޑިވިޝަން، އެއިޓީން ތާޓީގެ މި ސީޒަނުގެ ފުރަތަމަ މެޗުތަކުގައި، ދިވެހި ސިފައިންގެ ކްލަބުން 1-0 އިން އެމްޕީއެލް ބަލިކުރިއިރު، އެންމެ ފަހުގެ ޗެމްޕިއަން، ޕޮލިސް ކްލަބް އަތުން ކްލަބް ވެމްކޯ އިން 5-2 އިން މޮޅުވެއްޖެ އެވެ.
މި ފަހަރުގެ އެއިޓީން ތާޓީ މުބާރާތުގައި ވާދަކުރަނީ ހަތަރު ޓީމެކެވެ. މި ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެއް ވަނަ އާއި ދެ ވަނަ ޓީމުން ފައިނަލުގައި ބައްދަލުކުރާނެ އެވެ.
މުބާރާތުގައި ރޭ ތިން ފަހަރު ޗެމްޕިއަންކަން ހޯދި އެމްޕީއެލް އަތުން ސިފައިން މޮޅުވި ގޯލު ޖެހީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިރާނުގެ ޒަހުރާ ގޮލިޒާދޭ އެވެ. މި މެޗުގައި އެމްޕީއެލް ލަނޑެއް ޖެހިޔަނުދީ ރަނގަޅަށް ޑިފެންސްކުރުމުގައި، ސިފައިން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
މިދިޔަ އަހަރުގެ މުބާރާތުގައި، ގިނަ މައްސަލަތަކެއް ކުރިމަތިވި ވެމްކޯ އިން މި ފަހަރު ކުޅުނު ފުރަތަމަ މެޗުގައި، ޕޮލިސްގެ މައްޗަށް ކުރިހޯދީ ރަނގަޅު ކުޅުމެއް ދައްކައިގެންނެވެ. މި މެޗުގައި ވެމްކޯގެ ލަނޑުތައް ޖެހީ ފާތިމަތު ޝާލިޔާ ދެ ގޯލާއި މަރިޔަމް ނޫރާ ދެ ގޯލުގެ އިތުރުުން ޕޮލިހުގެ މިސް ތަނަފޯން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޕޮލިހުގެ ލަނޑުތައް ޖެހީ، ރާނިޔާ އިބްރާހިމް އާއި ޝަހުލާ ތައުފީގު އެވެ.
އެއިޓީން ތާޓީގެ ދެ ވަަނަ މެޗުތައް މާދަމާރޭ ޕޮލިހުން ސިފައިންނާ ކުޅޭއިރު، އެމްޕީއެލް އިން ބައްދަލުކުރާނީ ވެމްކޯއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ