ގޮވާ ޒާތު ތަކެތި ބޭނުންކޮށް މާލޭ ސަރަހައްދުގައި ސިފައިން ހަރަކާތްތަކެއްް ހިންގަނީ
އަންނަ މަހު ފާހަގަކުރާ ނަސްރުގެ ދުވަހާ ގުޅުވައި، ސިފައިންގެ ހަރަކާތްތަކެއް މާލޭ ސަރަހައްދުގައި ކުރިއަށް ގެންދަމުން އަންނަކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެެވެ. ޑިފެންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައިވަނީ ސިފައިންގެ ހަރަކާތްތަކެއް މާލޭ ސަރަހައްދުގައި އަންނަ މަހުގެ ތިންވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އަދި މި ހަރަކާތުގައި ސިފައިން ސިމިއުލޭޝަންގެ ގޮތުގައި ބޭނުންކުރާ ބްލޭންކްސް ފަދަ ގޮވާޒާތުގެ ތަކެތި ބޭނުން ކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. މިފަަދަ ހަރަކާތްތައް ސިފައިން ދޭތެރެއަކުން ހިންގައެވެ. މީގެ އިތުރުން އަސްކަރީ ބައެއް ތަމްރީނުތައް ވެސް މި ސަރަހައްދުގައި ސިފައިން ހިންގައިއުޅެއެވެެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ