ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025 ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
9 ދުވަހަށް ކުރިއަށްގެންދިޔަ މި މުބާރާތުގައި 9 ކެޓަގަރީއަކުން 138 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ޒުވާން ކުޅުންތެރިންގެ ހުނަރު އިތުރުކޮށް މި ކުޅިވަރުގައި ކުރިއަށް ދިޔުމަށް ބޭނުންވާ ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައި ބޭންކް އޮފް މޯލްޑިވްސް އިން 2019 ވަނަ އަހަރު ޓެނިސް އެސޯސިއޭޝަނާއެކު ވެވުނު އެއްބަސްވުމުގެ ދަށުންނެވެ.
މި މިބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި މުބާރާތުގެ ވަނަވަނަ ހާސިލްކުރި ކުޅުންތެރިންނަށް އެދުވަހު މެޑަލް ހަވާލުކޮށްފައި ވެއެވެ.
ބީއެމްއެލްއިން ބުނީ، މި މުބާރާތުގައި ކުޅުންތެރިން ވަނީ ކޯޓުގައި ފާހަގަކޮށްލެވޭ މޮޅު ހުނަރެއް ދައްކާ، ހުރިހާ އުމުރުފުރާއެއްގެ ކުޅުންތެރިންވެސް ވާދަވެރި ރޫހުގައި ތަފާތު މެޗުތަކެއް ކުޅެފައިވާ ކަމަށެވެ.
ބޭންކް އޮފް މޯލްޑިވްސް ނެޝަނަލް ޓެނިސް ޗެމްޕިއަންޝިޕްސް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ