މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ރިސާޗު ފަންޑުގެ ދަށުން ރިސާޗު ޕްރޮޕޯސަލްތަކަށް ހުޅުވާލައި އިންޑިޕެންޑެންޓް ރިސާޗު ގްރާންޓާއި ކޮލަބޮރޭޓިވް ރިސާޗު ގްރާންޓް އަދި ފޮތް ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅުމަށް އެމްއެމްއޭން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - މި ގްރާންޓަށް އެދެވޭނީ:
މި މަހުގެ ނިޔަލަށް [email protected]އަށް އީމެއިލް މެދުވެރިކޮށް
ޕްރޮޕޯސަލްތައް ރިވިއުކުރާނީ އެމްއެމްއޭގެ އެކަޑަމިކް އަދި ޓެކްނިކަލް ރިވިއު ކޮމިޓީން
އެ ކޮމިޓީން ބަލާނީ ތީމްތަކާއި ރާއްޖޭގެ އިގްތިސާދާ ގުޅުންހުރި މިންވަރާއި ބިނާކުރަނިވި ހިޔާލެއް ކަމަށް ވުމާއި ދިރާސާކުރުމަށް ބޭނުންންކުރާ އުސޫލުގެ ހަރުދަނާކަމާއި ދިރާސާކުރާ ފަރާތުގެ ނުވަތަ ޓީމްގެ ގާބިލުކަން އަދި އެ ދިރާސާއަކުން ސިޔާސަތުތަކަށް އަސަރުކުރާނެ މިންވަރަށް
އެޕްލިކޭޝަންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް ކަނޑައަޅައި އަންނަ މަހުގެ 9ގެ ކުރިން އެ ފަރާތްތަކަށް އަންގާނެ
ތަފްސީލް - ޖުމްލަ 1 މިލިއަން ރުފިޔާގެ ފަންޑަކުން ފެށި މި ރިސާޗު ގްރާންޓުތަކުގެ މަގްސަދަކީ، އެމްއެމްއޭން ބުނި ގޮތުގައި، ރާއްޖެއަށް ދިމާވާ އިގްތިސާދީ، މާލީ އަދި ތަރައްގީގެ މައްސަލަތައް ތަހުލީލީ ނަޒަރަކުން ދެނެގަނެ، އެ މައްސަލަތަކަށް އިޖާދީ ހައްލުތައް ހޯދުމަށް މަގުފަހިކުރުމެވެ.
މި ފަންޑު މެދުވެރިކޮށް އެމްއެމްއޭން ބޭނުންވަނީ، އެ ތަނުން ބުނި ގޮތުގައި، ރާއްޖޭގެ އިގްތިސާދާއި ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި އެކަޑަމިކް ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަދި ދިރާސާކުރާ ފަރާތްތައް އެކުއެކީގައި މާލީ އަދި އިގްތިސާދީ މައްސަލަތަކަށް ހައްލު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ގްރާންޓަށް ޕްރޮޕޯސަލް ހުށަހެޅޭނީ، އެމްއެމްއޭން ބުނި ގޮތުގައި، އަމިއްލަ ފަރުދުންނަށާއި ތައުލީމީ ދާއިރާގެ ފަރާތްތަކަށާއި ތިންކް ޓޭންކްތައް އަދި އެމްއެމްއޭގެ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުމަށް ބޭނުންވާ ތަޖުރިބާކާރު ދިރާސާވެރީންނަށެވެ.
އިންޑިޕެންޑެންޓް ރިސާޗު ގްރާންޓަށް އެދުމުގައި:
ހުށަހަޅާ ވަކިވަކި ފަރުދުންނާއި މުއައްސަސާތަކުން ހުށަހަޅާ ޓީމްތައް ލީޑް ކުރާ ފަރާތް ވާން ވާނީ މާސްޓާސް ޑިގްރީއެއް ނުވަތަ އެއަށް ވުރެ މަތީ ފާހެއް އޮންނަ ފަރާތަކަށް
ގްރާންޓަށް ކުރިމަތިލާ ދާރިސުންގެ ޕީއެޗްޑީ އޮތުމަށް އެމްއެމްއޭން ބާރުއަޅާ
ކޮލަބްރޭޓިވް ރިސާޗުގެ ކެޓެގަރީން ޕްރޮޕޯސަލް ހުށަހަޅާ ފަރާތްތަކުން:
ޕްރޮޕޯސަލް ވާން ވާނީ އެމްއެމްއޭ މުވައްޒަފުންނާ ގުޅިގެން ހުށަހަޅާ ރިސާޗު ޕްރޮޕޯސަލަކަށް
އެ ޕްރޮޕޯސަލަކީ އެމްއެމްއޭގެ ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީވެދޭނެ ހުށަހެޅުމަކަށް ވާން ވާނެ
ރިސާޗު ގްރާންޓްގެ އިތުރުން، މި ފަންޑުގައި ފޮތް ގްރާންޓްގެ ބައެއް ހިމެނެ އެވެ. މި ބަޔަށް ކުރިން ފޮތް ޝާއިއުކޮށްފައިވާ ނުވަތަ އެއާ އެއް ފެންވަރުގެ ތަޖުރިބާ ހުރި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ހުޅުވާލާފައިވެ އެވެ. އެގޮތުން:
ފޮތްތައް ދިވެހި ބަހުން ނުވަތަ އިނގިރޭސި ބަހުން ލިޔެވިދާނެ
މާލީ ހޭލުންތެރިކަން އިތުރުކުރުމަށާއި ރާއްޖޭގެ އިގްތިސާދާ ބެހޭ ގޮތުން އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި މާލީ ސިޔާސަތުތަކާ ބެހޭ ދިރާސާތައް ހިއްސާކޮށްދިނުމަށް ތައްޔާރުކުރާ ފޮތްތަކަށް އިސްކަންދޭނެ
ދިރާސާ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހުޅުވާލާފައިވާ ދާއިރާތަކުގެ ތެރޭގައި:
މެކްރޯ އިކޮނޮމިކް ސްޓެބިލިޓީ
ފައިސާގެ ސިޔާސަތު
މާލީ ދާއިރާގެ ދެމެހެއްޓެނިވިކަން
މޫސުމާއި ދެމެހެއްޓެނިވި ތަރައްގީ
ޑިޖިޓަލް ފައިނޭންސް އަދި އިންކްލޫޝަން
އިސްލާމިކް ފައިނޭންސް
ތައުލީމީ ދާއިރާ
ވަޒީފާގެ ބާޒާރު
ރިސާޗު ގްރާންޓުގެ ދަށުން ހޮވޭ ޕްރޮޕޯސަލަށް ދިރާސާއާ ގުޅުންހުރި ހަރަދުތައް ކުރުމަށް މާލީ އެހީތެރިކަން ލިބޭނެ އެވެ. މީގެ ތެރޭގައި:
މައުލޫމާތު އެއްކުރުް
ފީލްޑްވޯކް
ރިސާޗު އެސިސްޓެންސް
ދިރާސާ ޝާއިއުކުރުމުގެ ހަރަދުތައް
އިތުރަށް ލިބޭނެ ފައިދާތަކުގެ ތެރޭގައި ދިރާސާ މަސައްކަތް ޕިއާ ރިވިއުކޮށް، އެމްއެމްއޭގެ މުވައްޒަފުންނާ އެކު ދިރާސާ ޕަބްލިޝްކުރުމާއި އެމްއެމްއޭ ރިސާޗު ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުސަތު
ރިސާޗު ގްރާންޓުގެ ދަށުން ހޮވާ ފަރާތްތަކަށް ގްރާންޓްގެ ގޮތުގައި ފޯރުކޮށްދޭ މާލީ އެހީތެރިކަމުގެ އިތުރުން ތަފާތު އެކިއެކި ގޮތް ގޮތުން ފަންނީ އެހީތެރިކަން އެމްއެމްއޭގެ ފަރާތުން ދޭނެ އެވެ. ރިސާޗު ގްރާންޓުގެ މާލީ އެހީގެ ގޮތުގައި:
މައުލޫމާތު އެއްކުރުން
ފީލްޑްވޯކް
ރިސާޗް އެސިސްޓެންސް
ދިރާސާ ޕަބްލިޝްކުރުމުގެ ހަރަދުތއް
ރިސާޗު ގްރާންޓްއަށް ހޮވޭ ފަރާތްތަކަށް ފަންނީގޮތުން ލިބޭނެ އެހީތެރިކަމާއި ކުރިއެރުންތަކުގެ ތެރޭގައި، ގްރާންޓްގެ ދަށުން ކުރާ ދިރާސާ މަސައްކަތްތަކުގެ ޕިއާ ރިވިއުކޮށް، އެމްއެމްއޭގެ މުވައްޒަފުންނާ އެކު އެކު ދިރާސާ ޕަބްލިޝްކުރުމާއި އެމްއެމްއޭ ރިސާޗު ކޮންފަރެންސް ފަދަ ތަންތަނުގައި ދިރާސާ ހުށަހެޅުމުގެ ފުރުސަތު
އެމްއެމްއޭގެ ރިސާޗު ފަންޑަށް އެދެން ހުޅުވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ