އެކަނިވެރި މައިންނާއި ބަފައިންނަށް މިހާރު ދެމުން އަންނަ އެލަވަންސް އަންނަ ޖެނުއަރީ މަހުން ފެށިގެން ބޮޑުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު ރޭ އިއުލާން ކުރައްވައިފި އެވެ.
ވީ ކިހިނެއް؟- ލ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ގަމުގައި ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އެ އެލަވަންސް 3،000ރ.އަށް ބޮޑު ކުރައްވާނެ ކަމަށެވެ.
އެނގުން މުހިއްމު - އެކަނިވެރި މައިންނާއި ބަފައިންގެ ގޮތުގައި ރަޖިސްޓްރީވެފައި ތިބި މީހުންނަށް މިހާރު ސަރުކާރުން ދެނީ 2،000ރ. އެވެ. އަދި އެއް ކުއްޖަކަށް ވުރެ ގިނައިން ތިބި ނަމަ، ކޮންމެ ކުއްޖަކަށް އިތުރަށް 1،000ރ. ދެ އެވެ. މި އެލަވަންސް ބޮޑުކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.
ބުނީ ކީކޭ؟ - ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ:
އަލަށް ކަނޑައެޅި މި ފައިސާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެ؛ އެއީ 211 މިލިޔަން ރުފިޔާ
އެ އެލަވަންސް ލިބެން ޖެހޭ 5،878 މީހުން އެބަތިބި
އެކަނިވެރި މައިންގެ އެލަވަންސްގެ އިތުރުން، ތެލަސީމިއާ ކުދިންނަށް ކޮންމެ މަހަކު ވެސް 1،000ރ.ގެ މަގުން އެލަވަންސެއް ދޭން ނިންމަވާފައިވާކަން ރައީސް އިއުލާން ކުރެއްވި އެވެ. އެ މަނިކުފާނު ވިދާޅުވީ އެ އެލެވެންސަށް 11.7 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.
އެކަނިވެރި މައިންނަށް ދޭ އެލަވަންސް ޖެނުއަރީން ފެށިގެން ބޮޑުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ