އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫރޯޅިއެއް އަރައި ބައެއް ގެއްލުންތަކެއް މިއަދު ލިބިއްޖެ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ބުނީ ނަގޫރޯޅި އަރައި ގެއްލުން ލިބުނު ހަ ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.
"މިއަދު އައްޑޫ ސިޓީ މަރަދޫ ފޭދޫއަށް ނަގޫ ރޯޅިއެއް އަރާ ގެެއްލުން ލިބުނު 6 ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލާއި ގުޅިގެން އެންޑީއެމްއޭ އިން ދަނީ ކުރަމުން،" އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ނަގޫރޯޅިއާއެކު ބައެއް ގެތަކުގެ ފުރާޅު ވަޔާއެކު ވަނީ އެއްލާލާފަ އެވެ.
މަރަދޫ ފޭދޫއަށް ނަގޫރޯޅި އެރިއިރު މުޅި ރާއްޖެއަށް ވެސް މިއަދު މޫސުން ރަނގަޅުކަން ފާހަގަކުރެވެ އެވެ.
މަރަދޫފޭދޫއަށް ނަގޯރޯޅިއެއް އަރައި ހަ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ މަރަދޫފޭދޫއަށް ނަގޯރޯޅިއެއް އަރައި ހަ ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ