މާލޭގެ މޭޔަރެއްގެ ހައިސިއްޔަތުން ރައީސް މުހައްމަދު މުއިއްޒު އެ ދެ އަހަރު ތެރޭގައި ރާއްޖޭން ބޭރަށް ކުރެއްވި ރަސްމީ ދަތުރުތަކަށާއި، އޭރު މާލެ ސިޓީ ކައުންސިލުން ރާއްޖޭން ބޭރަށް ކުރި ދަތުރުތަކަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްފައިވާކަން އެނގިއްޖެ އެވެ.
ވީކިހިނެއް؟ - މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ހައިސިއްޔަތުން މުއިއްޒު ކުރެއްވި ދަތުރުތަކުގެ ތަފުސީލް އެ ސިޓީ ކައުންސިލުން ހިއްސާކުރީ، މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން 'ދައުރު'އިން ހުށަހެޅުމުން ފޮނުވި މައުލޫމާތު ކަރުދާހުގަ އެވެ.
ތަފްސީލް - 2021 އާއި 2022ގައި މާލޭގެ މޭޔަރެއްގެ ގޮތުގައި ރާއްޖޭން ބޭރަށް މުއިއްޒު ވަނީ ފަސް ދަތުރެއް ކުރައްވައިފަ އެވެ. އެއީ:
ތުރުކީ (10 ސެޕްޓެމްބަރު - 17 ސެޕްޓެމްބަރު 2021)؛ 81،124.62ރ
ޕޯޗުގަލް (27 ޖޫން - 1 ޖުލައި 2022)؛ 273،268.10ރ
ދެކުނު ކޮރެއާ (9 އޮކްޓޯބަރު - 15 އޮކްޓޯބަރު 2022)؛ 35،897.76ރ
ސްރީލަންކާ (15 ޖުލައި - 16 ޖުލައި 2022)؛ 18،041ރ
ސިންގަޕޫރު (31 ޖުލައި - 3 އޮގަސްޓް 2022)؛ 352،377.84ރ
އޭރުގެ މޭޔަރު މުއިއްޒު ވަޑައިނުގަތް ނަމަވެސް މުއިއްޒު މޭޔަރުކަމުގައި، އަދި ޕީޕީއެމް/ޕީއެންސީގެ މެޖޯރިޓީ ކައުންސިލްގެ ކައުންސިލަރުން ވަޑައިގެންނެވި އިތުރު ހަތަރު ރަސްމީ ދަތުރު ހިމެނެ އެވެ. އެއީ:
އޮސްޓްރޭލިއާ (19 ސެޕްޓެމްބަރު - 22 ސެޕްޓެމްބަރު 2022)؛ 77،373.88ރ
ޔޫއޭއީ (27 ނޮވެމްބަރު - 1 ޑިސެމްބަރު 2022)؛ 74،586.54ރ
ސްޕެއިން (15 ނޮވެމްބަރު -17 ނޮވެމްބަރު2022)؛ 77،186.44ރ
ޔޫއޭއީ (6 ފެބްރުއަރީ-10 ފެބްރުއަރީ)؛ 87،092.16ރ
މި ހުރިހާ ދަތުރުތަކުގެ ޖުމުލަ ހަރަދު 1.08 މިލިއަން ރުފިޔާއަށް އަރަ އެވެ.
ގުޅުން ހުރި - ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން ރައީސް މުއިއްޒު ގެންދަވަނީ ލާމަރުކަޒީ ނިޒާމު ހަރުދަނާވުމަށް ލޯކަލް ކައުންސިލްތައް މިހާރަށް ވުރެ ޒިންމާދާރުވާން ޖެހޭ ކަމަށް ވަކާލާތުކުރައްވަމުންނެވެ. އެ ގޮތުން ރައީސް އެންމެ ބޮޑު ކަމަކަށް ފާހަގަކުރައްވަނީ ވެސް ކައުންސިލްތަކުން ބޭރަށް 'ބޭކާރު' ދަތުރުތައް ކުރާ ކަމެވެ.
މޭޔަރު ކަމުގައި މުއިއްޒު ދެ އަހަރު ތެރޭ 5 ގައުމަކަށް؛ މިލިއަނެއްހާ ރުފިޔާ ހަރަދުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ