މަޖިލީހުން މިއަދު ރުހުންދިން ތިން މެންބަރުން މީޑިއާ ކޮމިޝަނަށް އައްޔަނުކުރައްވައިފި

މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފައްދާ ކޮމިޝަނަށް އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދިން ތިން މެންބަރުން ކޮމިޝަނަށް އައްޔަނުކުރައްވައިފިއެވެ. އެ ކޮމިޝަނަށް އައްޔަނުކުރީ، ސިވިލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު މުހައްމަދު ފަރުސަތާއި އުވާލާފައިވާ ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ ރައީސް ސަފާ ޝަފީގުގެ އިތުރުން، އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތެވެ. އެ މެންބަރުން އައްޔަނުކުރުމާ މެދު ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިިވި 63 މެންބަރުންގެ ތެރެއިން 54 މެންބަރަކު ފަރުސަތާއި ސަފާއާއި ސަރާހަތު، އާ ކޮމިޝަނަށް އައްޔަންކުރަން ފެންނަ ކަމަށް ވޯޓުދެއްވިއިރު، ތިން ބޭފުޅުން އައްޔަންކުރަން ނުފެންނަ ކަމަށް ވޯޓުދެއްވީ ނުވަ މެންބަރެކެވެ. https://sun.mv/212942 ފާހަގަކުރެވޭ ގޮތުގައި، މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި ކޮމިޝަނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ވަނީ, ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ ފަރާތުން މެންބަރުން އައްޔަންކޮށްފައެވެ. އެ ކޮމިޝަނަށް އައްޔަންކުރީ ވަގުތު ނޫހުގެ ސިމާހާ ނަސީމާއި މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ހުސައިން ޘަގީފް އިހުސާންގެ އިތުރުން، ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެންބަރު ޒަމްއަތު އަހްމަދު ވަހީދާއި އަބްދުލްއަޒީޒް އިބްރާހީމެވެ. މީޑިއާ ކޮންޓްރޯލް ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް، މީޑިއާތަކުން އިންތިޚާބުކުރާ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން މާ ބޮޑު ތަރުހީބެއް ލިބިފައިނުވާކަން ވެސް ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ