ހުޅުމާލެއިން 1،964 ވަގުތީ ޕާކިން ސްލޮޓު އާންމުންނަށް ހުޅުވާލައިފި

މާލެ ސަރަހައްދުގައި ކުރިމަތިވެފައިވާ ޕާކިން މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން 1،964 އުޅަނދު ޕާކު ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި އެވެ.
ވީ ކިހިނެއް؟ - ޓްރާންސްޕޯޓް މިނިސްޓްރީން އިސްނަގައިގެން، އެޗުޑީސީއާ ގުޅިގެން ކުރި އެ މަސައްކަތުގެ ދަށުން ވަގުތީ ޕާކިން ސަރަހައްދުތައް އާންމުންނަށް އިއްޔެ ވަނީ ހުޅުވާލާފަ އެވެ.
ތަފްސީލު - އެ ޕާކިން ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ ޖުމްލަ 1،964 އުޅަނދު ޕާކު ކުރެވޭނެ ޖާގަ ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ސަރަހައްދުތައް ހާއްސަކޮށްފައިވަނީ މާލެ ޒޯނަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށެވެ.
ވަގުތީ ޕާކިން ސަރަހައްދުތަކާއި ޖާގަ ލިބޭނެ އަދަދުތަކަކީ:
މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދުން 115 ޖާގަ
ގާޒީ ސްކޫލް ސަރަހައްދުން 254 ޖާގަ
ހިޔާ ޓަވަރު 16 ސަރަހައްދުން 1،233 ޖާގަ
ވިނަރެސް ސަރަހައްދުން 362 ޖާގަ
ފާހަގަކޮށްލެވޭ ކަމެއް - ހުޅުމާލޭގެ އާބާދީ އިތުރުވަމުން އަންނައިރު، ޕާކިން މައްސަލަ ވެސް އަންނަނީ ބޮޑުވަމުންނެވެ. ވަކިން ހާއްސަކޮށް ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރާނެ ޖާގަ މަދުވެ، މަގުތަކުގެ އެއް ފަރާތުގައި ޕާކު ކުރާތީ ޓްރެފިކް ފްލޯއަށް ދަތިވުމާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ވެސް އެކި ކަހަލަ ދަތިތައް އަންނަނީ ކުރިމަތިވަމުންނެވެ.
ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައެޅުމުގެ ބޭނުމަކީ އެ މައްސަލަތަކަށް ލުޔެއް ހޯދައިދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ