ބާސެލޯނާ (ނޮވެމްބަރު 13) - ޖެނުއަރީ ޓްރާންސްފާގައި ލޯން އެއްބަސްވުމެއްގެ ދަށުން އިންޓަ މިއާމީގެ ކެޕްޓަން، ލިއޮނަލް މެސީ، އޭނާގެ ކެރިއަރުގެ ބޮޑުބައި ހޭދަކުރި ބާސެލޯނާ އަށް އަލުން ގެނައުމުގެ ފުރުސަތެއް ނެތް ކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ވިދާޅުވެއްޖެ އެވެ.
މެސީ، 38، ވަނީ މި ފަހަރުގެ މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ރެގިއުލާ ސީޒަނުގައި 45 ގޯލުގައި ހިއްސާ އަދާކޮށްފަ އެވެ. އެއާ އެކު، މުސާރަ ބޮޑުކޮށް، ފިޔަފާރީގެ ވެސް ފުރުސަތު ލިބޭ ގޮތަށް މެސީ ވަނީ އިންޓަ މިއާމީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ސީޒަން ނިމެންދެން އާ ކޮށްފަ އެވެ. ބާސެލޯނާގައި ކެރިއަރުގެ ބޮޑުބައި ހޭދަކުރި މެސީ، އިންޓަ މިއާމީ އަށް ބަދަލުވީ، 2023 ވަނަ އަހަރު އެވެ. އެއީ، ފްރާންސްގެ ޕީއެސްޖީ އަށް ދެ އަހަރު ކުޅެ، އެ ކްލަބްގެ ކޮންޓްރެކްޓް ހަމަކުރުމަށް ފަހު، ހިލޭ ޓްރާންސްފާއެއްގަ އެވެ.
ޖެނުއަރީން ފެށިގެން ހަތަރު މަސް ދުވަހަށް ސީޒަން ނިމިގެން އެމެރިކާގެ ފުޓްބޯޅަ ބްރޭކަށްދާއިރު، މެސީ ގެންނަން ތުރުކީގެ ގަލަތަސަރާއި އިން ދިން އޮފާ އޭނާ ވަނީ ދޫކޮށްލައިފަ އެވެ.
ދާދި ފަހުން، މެސީ ވަނީ ބާސެލޯނާގެ ސްޓޭޑިއަމް ނޯ ކޭމްޕަށް ޒިޔާރާތެއް ކޮށްފަ އެވެ. ލަޕޯޓާ ވަނީ އެކަމަށް މަރުހަބާ ކިޔައި، ބާސެލޯނާ އަކީ މެސީގެ "ގެ" ކަމަށް ވިދާޅުވެފަ އެވެ. އަދި، މެސީ އަށް 105،000 ސަޕޯޓަރުންގެ ކުރިމަތީގައި ބާސެލޯނާގައި ރަނގަޅު "ޓްރިބިއުޓެއް" ދިނުމަކީ ރަނގަޅު ގޮތެއް ކަމަށް ވެސް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.
ބާސެލޯނާ އިން މެސީ ދާން ޖެހުނު ހާލަތާއި ކަންތައްތައް ދިޔަ ގޮތުން މާޔޫސްނުވާ ސަބަބަކީ އެ ވަގުތު ކަންތައްތައް ހުރި ގޮތުން ކަމަށް ލަޕޯޓާ ވަނީ ވިދާޅުވެފަ އެވެ.
ޖެނުއަރީގައި މެސީ އެނބުރި ބާސެލޯނާ އަށް ގެނައުމާ ބެހޭގޮތުން ކުރި ސުވާލަށް ލަޕޯޓާ ވިދާޅުވީ، ނުރަނގަޅު މެސެޖުތަކެއް ދާ ފަދަ ވާހަކަތަކެއް ދެއްކެން ނެތް ކަމަށާއި އެއީ މެސީ އާއި އިންޓަ މިއާމީ އަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ކަމަށެވެ.
މެސީ ލޯނަކަށް ގެނެވޭނެ ފުރުސަތެއް ބާސެލޯނާ އަށް ނެތް: މެސީ މެސީ ލޯނަކަށް ގެނެވޭނެ ފުރުސަތެއް ބާސެލޯނާ އަށް ނެތް: މެސީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ