އިންޑިޔާ އައުޓް އަދި ވެރިކަން ބަދަލުކުރަން ގިނަ މުޒާހަރާ ތަކެއް ކުރި މައުމޫނު އަލީ ގެ މައިދައިތަ އަށް ކުރީ ސަރުކާރުން އެންސްޕާއިން ލިބުނު ކެންސަރުގެ ފަރުވާ، މިސަރުކާރުގެ ދިނުމަށް އިންކާރުކޮށްފި! ފަރުވާ ނުލިބިއްޖެ ނަމަ، ކެންސަރުން ވަނީ މަރު!

އިންޑިޔާ އައުޓް އަދި ވެރިކަން ބަދަލުކުރަން ގިނަ މުޒާހަރާ ތަކެއް ކުރި މައުމޫނު އަލީ ގެ މައިދައިތަ އަށް ކުރީ ސަރުކާރުން އެންސްޕާއިން ލިބުނު ކެންސަރުގެ ފަރުވާ، މިސަރުކާރުގެ ދިނުމަށް އިންކާރުކޮށްފިއެވެ. އަދި ކެންސަރަކީ ފަރުވާ ނުލިބިއްޖެނަމަ، މަރުވާ ބައްޔެއް ކަމުން، ސަރުކާރުން ފަރުވާ ނުދިނުމުގެ ސަބަބުން އޭނާއަށް ދައުލަތުން ލިބިދޭން ޖެހޭ ހައްޤުން ބާކީވެ، މަރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ތިރީގައި މިވަނީ މައުމޫނު އަލީ ޓްވިޓަރ ގައި ހާމަ ކޮށްފައިވާ ވާހަކަ ތަކެވެ. 
ލޯނަށް ކަނޑާފައި މަހަކަށް އަތަށް ލިބެނީ 10،500 ރުފިޔާ އަޅުގަނޑާއި އެކު ފްލެޓުގައި ދިރިއުޅޭ މައިދައިތައަކީ ކެންސަރަށް ފަރުވާއާަަށް ހޯދާ ފަރާތެއް. ބޭސްފަރުވާ އަށް ދަނީ އާސަންދާ އަދި އެންސްޕާގެ އެހީތެރިކަމާއެކު، ފުރަތަމަ ޓްރީޓްމަންޓަށް ދިޔައީ އިބޫ ސަރުކާރުގައެވެ. އޭރު އެންސްޕާއިން އެހީތެރިޔާގެ ދެކޮޅު ޓިކެޓުގެ އިތުރުން 1000 ޑޮލަަރު ދިނެވެ.
މިސަރުކާރުގައި މިހާރު މިއޮތީ ދެވަން ފަހަރަށް ދާން ޖެހިފައެވެ. މިފަހަރު މައިދައިތަ ގޮވައިގެން ބޭސް ފަރުވާއަށް ދާން އެހީއަށް އެދުމުން އެންސްޕާއިން ދޭން ނިންމީ އެންމެ 3084 ރުފިޔާއެވެ. މާނައަކީ މިފަހަރު އަމިއްލަޔަށް ކުރިއަށް ވުރެ ގިނައިން 15،000 ރުފިޔާ ހޯދަން ޖެހޭނެއެވެ. އެކަން ކުރެވޭކަށް ނެތެވެ.
އަދި ފައިސާނެތިގެން އެންސްޕާއިން ކެންސަރަށް ފަރުވާ ހޯދަން ދާ މީހަކަށް އެހީ ނުވެވިގެން އުޅޭއިރު ދެން މިއިވެނީ އެންސްޕާގެ އޮފީސް ހިންގަން 30 އެތައް މިލިއަނުން ހަރަދުކޮށް އެޕާޓުމަންޓުތަކެއް ނެގި ވާހަކައެވެ. އަދި އެއިން ބައެއް ނިކަން ބަލި ޓީވީ ސްޓޭޝަނަކަށް ހަރަދު ކުރާ ވާހަކައެވެ.
އެނގޭހާވެސް އެއްޗަކީ ކެންސަރަށް ފަރުވާ ހޯދަން ދާ ބަލިމީހާއަަށް ކުރިން ލިބުނު 1000 ޑޮލަރުވެސް މިހާރު ނުލިބޭ ކަމެވެ. އަޅުގަނޑު މިއީ ކުރީ MDP ދެކޮޅަށް ހިޔާ ސަރަހައްދުގައި ނިކަން ގިނަ މުޒާހަރާތައްް ކުރުމުގައި އިސްކޮށް ހުރި މީހެކީމެވެ. ވެރިކަން ބަދަލުވެ ސިޔާސީ މަގާމުތައްވެސް އަޅުގަނޑަށް އޮފާ ކުރިއެވެ. އެފަދަ މަގާމަކަށް ދާން ބޭނުން ނުވީ އަޅުގަނޑުމެން ނިކުމެ ވަރަށް މަސައްކަތުން ނެގައި މުއިއްޒު ގެ ސަރުކާރުގައި އަސާސީ ބޭސްފަރުވާ ފަދަ ހިދުމަތް ހޯދަން ސިޔާވެރިން ފަހަތުން ދުވަން ނުޖެހޭނެ ކަމުގެ ޔަގީންކަން އޮތީމައެވެ. މިދުއާމުއާއި، ޕޮކަންޑިއާއި، މަލްޝާއާއި، އަޒާން އާއި، އާދަން ނަވާޒް ފަދަ އެތައް ބައެއްގެ ފަހަތުން ނިކުމެ އެތައް ހަރަކާތަކާއި މުޒާހަރާއެއްގައި އަޅުގަނޑު ބައިވެރިވީ އެ އުންމީދު އޮތީމައެވެ. 
ކަންވެެގެން މިދަނީ އެހެނެއް ނޫނެވެ. ކުރިން ލިބުނު އެހީވެސް މިހާރު ނުލިބެއެވެ.
މިހާރުވެސް އަނެއްކާ މިޖެހެނީ ކޮންމެވެސް ސިޔާސީ މީހެއްގެ ފަހަތުން ދުވެ އާދޭސް ކުރާށެވެ. ކެންސަރަށް ވުރެ އާދައިގެ ކަންކަމުގެ ސިޔާސީ މީހުން ބޭނުންވީމާ އެންސްޕާއިން ހާހުން ލާރި ނެރެއެވެ. އަޅުގަނޑު މިއީ އަދި އެންމެ އާއިލާއެކެވެ. މި ދަތިކަމާއި ކުރިމަތި ލާނެ އަދި ލަމުންދާ އެތަކެއް އާއިލާ އެެބަތިއްބެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް މިވާހަކަ ދައްކަން ނުވެސް ކެރޭނެއެވެ.
އޭނާގެ ދިގު ޓްވީޓް ކިޔާލި އިރު، މިހާރު އެންސްޕާ ގައި ހުންނެވީ، ކެންސަރަށް އިންޑިޔާއިން ފަރުވާ ހޯދާފައިވާ ހީނާ ވަލީދުއެވެ. އޭނާ އަކީ ކެންސަރު ޖެހުނު އިރު، އިންޑިޔާއަށް އެރުން މަނާ ކޮށްފައިވާ ފަރާތެކެވެ. ކެންސަރަށް ބޭނުންވާ ފަރުވާ އޭނާއަށް އެމްޑީޕީގެ އޯގާތެރި ސަރުކާރުގެ ސިއްހީ ނިޒާމުގެ ތެރެއިން ހޯދައި ދިނުމުގެ އިތުރަށް، ފަރުވާއަށް އޭނާއަށް އިންޑިޔާއަށް ދެވޭނޭ މަގު ސަރުކާރުން އިންޑިޔާއާއި ވާހަކަ ދައްކައިގެން ހޯދައި ދިނެވެ.
މޮޅުތަކެއް ހޯދަން ހެޔޮ ވެރިކަމެއް ބަދަލުކުރި މީހުންނަށް މާތް ރަސްކަލާންގެ ދަނީ އެމީހުން ގެނައި އަނިޔާވެރި ވެރިކަމުގެ ހިތި ރަހަ ދައްކަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ