ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލުމަށާއި ކަނޑައަޅާފައިވާ ލޮމޮޓްތައް ވެސް ނައްތާލާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވައުދުވެވަޑައިގެންފިއެވެ.
މިއަދު އދ މަންދުއަށް ވަޑައިގަތުމުން ގާސިމް އަށް ހޫނު މަރުހަބާއެއް ކިޔަފައިވާރު، މަންދޫގެ ރައްޔިތުނާއި މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ގާސިމް ވަނީ ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސްކަމުން ފެށިގެން، ރައްޔިތުންނަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވުމަށް އޭނާ ކުރެއްވި މަސައްކަތުގައި ދަތިއުނދަގޫ ހާލަތްތަކާއި ކުރިމަތިވިކަމަށް ވިދާޅުވެ، އެ ވާހަކަތައް މާންދޫގެ ރައްޔިތުންނާއި ހިއްސާ ކުރައްވާފައެވެ. އަދި އިސްލާހީ މަސައްކަތުގައި އެމަނިކުފާނާއެކު ބައިވެރިވި ބައެއް ބޭފުޅުން މިއަދު ދުނިޔެ ދޫކުރައްވާފައިވާތީ އެބޭފުޅުންނަށް ހެޔޮ ރަޙްމަތްލެއްވުންއެދި ދުއާ ކުރެއްވިއެވެ. ގާސިމް ވިދާޅުވީ އިސްލާހީ މަސައްކަތުން ގެނައި ބަދަލުތައް މިހާރުނެތި ދިއުމުގެ ބިރުކުރިމަތިވެފައިވާކަމަށެވެ. ހައްގުތައް ކަށަވަރުކޮށް އިސްލާހީ ހެޔޮބަދަލުތަކަށް އަލުން މަސައްކަތް ފަށަންޖެހިފައިވާ ކަމަށާއި ވެރިންގެ ހުދުމުހުތާރު ކަމުން ސަލާމަތްވުމަށް ރައްޔިތުން ސަމާލުވާންޖެހޭކަމަށް ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ބޭންކްތަކުގެ ހިދުމަތް ހޯދުމުގައި މިއަދު ކުރިމަތި ކޮށްފައިވާ ދަތިތައް އޭނާގެ ވެރިކަމެއްގައި ނައްތާލާނެކަމަށެވެ. އަދި ފައިސާ ނެގުމުގައި އާއި އެކިގޮތް ގޮތުން ކަނޑައަޅާފައި ހުރި ލިމިޓްތައް ނައްތާލާނެކަމަށް ގާސިމް ވައުދުވެވަޑައިގެންނެވިއެވެ. ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގައި ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިނައްތާލައި ހިދުމަތް ފަސޭހަ ނިޒާމެއް ގާއިމްކުރާނެކަމަށް ގާސިމް ވިދާޅުވިއެވެ.
މަންދޫގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ބައްދަލުވުމުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ދިވެހިރާއްޖޭގެ ވެރިކަންތައް ހަރާބުވެގެންދިޔަ ހަރާބު ނުވާނެ ވެރިޔަކު ވެރިކަމަށް ގެންނަންޖެހޭ ކަމަށާއި އެފަދަ ވެރިއަކަށް ހުރީ ގާސިމް އިބްރާހިމް ކަމަށެވެ. ގާސިމްއަކީ ޓޯޓަލް ސޮލިއުޝަން،ގެ ގޮތުގައި ސިފަކޮށް އަލީ ވަހީދު ވިދާޅުވީ ގާސިމްއަށް ހުރިހާ ކަމެއްގެ ހައްލު ހޯދޭނެކަމަށެވެ.
ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ލިމިޓްތައް ނައްތާލާނަށް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ