ކުރިއަށް އޮތް ބޮޑު ޗުއްޓީ ދުވަސްވަރަކީ ދަރިވަރުންނަށް އުފާވެރި ތަޖުރިބާތަކެއް ލިބޭފަދަ ދުވަސްތަކަކަށް ހެއްދެވުމަށް ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބެލެނިވެރިންނަށް އިލްތިމާސް ކުރައްވައިފިއެވެ.
އެކަމަނާ ވަނީ އެދުވަސްތަކަކީ ކުދިންނަށް އެކުދިންގެ ދިރިއުޅުމުގައި ބޭނުންކުރެވޭނެ ދާއިމީ ހުނަރުތަކެއް ދަސްކޮށްދިނުމަށް ބެލެނިވެރިންނާއެކު ހޭދަކުރާ ވަގުތުތަކަށް ހެއްދެވުމަށް އިލްތިމާސް ކުރައްވާފައެވެ.
ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ފަޒްނާ ވިދާޅުވީ އާއްމުގޮތެއްގައި ބޮޑު ޗުއްޓީގައި ބެލެނިވެރިން ދެން އޮންނަ ގްރޭޑަކަށް ކުދިން ތައްޔާރުކުމަށް ފޮތްތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރައްވާކަމަށެވެ.
ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ލިބިވަޑައިގެންފައިވާތީ ތަޖުރިބާގެ އަލީގައި އެކަމަނާ ވިދާޅުވީ މިއީ ބޭނުންތެރިކަމެއްގެ ގޮތުގައި ގިނަފަހަރަށް ކުރެވޭ ކަމެއް ނަމަވެސް އެގޮތަށް ކަންތައް ކުރުމުން ކުދިންނަށް ސްކޫލްގައި އެފިލާވަޅު ނަގައިދޭވަގުތު ފިލާވަޅު މަތިން ފޫހިވާގޮތްވާ ކަމަށެވެ.
އެހެންކަމުން މިދުވަސްވަރަކީ ކުދިންނަށް އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ހެެއްދެވުމަށް ފަޒްނާ ވަނީ ބެލެނިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ސްކޫލް ޗުއްޓީ އަކީ ހަގީގަތުގައިވެސް ޗުއްޓީއެއްގެ ގޮތުގައި ހައްދަވާދެއްވައި ކުދިންނަށް އުފާވެރި ތަޖުރިބާ ތަކެއް ކުރުމުގެ ފުރުސަތު ހޯދައިދެއްވުމަށް އެކަމަނާ ވަނީ އެދިވަޑައިގަންނަވާފައެވެ.
ޕްރީސްކޫލް ތަކަށް މުޖުތަމައާއި އަމިއްލަ ފަރުދުން އަދި ސަރުކާރުގެ ކުންފުނިތަކުން ވެދޭ އެހީތެރިކަން ފަޒްނާ ފާހަގަކުރެއްވިއެވެ.
މިހަފްލާގައި ބްރިޖް ލިޓްލް ލަރނަރސް ޕްރީ ސްކޫލުން ދަސްވެނިވި ހުރިހާ ދަރިވަރުންގެ ނަން ހިމެނޭ ކުރެހުމެނއް ސްކޫލްގެ ފަރާތުން ފަޒްނާ އަށް ހަދިޔާ ކުރެއްވިއެވެ،
ބްރިޖް ލިޓްލް ލަރަނަރސް ޕްރީ ސްކޫލަކީ 2333 ކުދިންނާއެކު 2012 ވަނަ އަހަރު ފެށުނު ޕްރީސްކޫލެކެވެ. މިއަހަރުގެ ޖޫން މަހު ސްކޫލްގެ ނަން ވަނީ ޗައިމްސް ޕްރީ ސްކޫލްގެ ނަމަށް ބަދަލުކޮށްފައެވެ.
ސްކޫލް ބަންދު ދުވަސްވަރު ދަރިވަރުންނަށް އުފާވެރި ދުވަސް ވަރަކަށް ހައްދަވާދެއްވާ: ފަޒްނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ