ސްޓެލްކޯއާއި ގުޅިގެން ކަރަންޓުގެ ހިދުމަތް ފުޅާ ކުރާނެ ބަޔަކު ހޯދަނީ

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އާއި ގުޅިގެން ކަރަންޓުގެ ހިދުމަތްތައް ފުޅާކުރަން ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް އެ ކުންފުނިން އިއުލާނު ކޮށްފިއެވެ.
ސްޓެލްކޯއިން މިކަމާއި ގުޅިގެން ގެޒެޓްގައި ކުރި އިއުލާނުގައި މައިގަނޑު ހަތަރު ކަމަކަށް ޝަގުރުވެރިވާ ފަރާތްތައް ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ.
ފުރުސަތު ހުޅުވާލި މަސައްކަތްތައް:
މިކަންކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޑިސެމްބަރު 30، ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވެއެވެ.
މި މަސައްކަތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޝަލް ހުށައެޅުމުގެ ކުރިން، ޝައުގުވެރިކަން ފާޅުކުރުމާއި އިވެލުއޭޓް ކުރުމުގެ މަރުހަލާއެއް ކުރިއަށްދާނެކަމަށް ސްޓެލްކޯގެ އިއުލާނުގައިވެއެވެ.  އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން އަގާމެދު މަޝްވަރާ ކުރާނެކަމަށްވެސް ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ