އިންތިހާބަށް ފަސް ދުވަސް: އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރަ ވެސް ބޮޑު ކުރަނީ

ިރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމަށް ހަފްތާއަކަށްވުރެ މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތަކަށް ވެސް ހެޔޮ ބަދަލު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސޯސަން ޖަގަހައިގައި ރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުން ކުރަމުންދަނީ މުހިއްމު މަސައްކަތްތަކެއް ކަމަށެވެ.
ހަމަހަމަ އުސޫލަކުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނައުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އެވިއޭޝަން ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ދިރާސާކުރަމުންދާ ކަމަށާއި، ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫއިންގެ އިތުރުން، އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުން އުޅޭ ކަމަށް ވިދާޅުވިއެވެ.
”މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއުކުރުމުގެ މަސައްކަތް ފަށާފައި. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫއިންނާ މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،” ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ވެސް ބޮޑުކުރުމަށް ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ