ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ޔެލޯ އެލާޓް" ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން "ޔެލޯ އެލާޓް" ނެރެފައިވަނި ޅ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް މިއަދުގެ ހެނދުނު 7:50 އިން މެންދުރު 12:00 އާއި ހަމައަށެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރާ ގޮތުގައި، މިގަޑިތަކުގައި ޅ. އަތޮޅުން ފެށިގެން އައްޑޫސިޓީއާއި ހަމައަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މީގެ އިތުރުން މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މިއަދު ހެނދުނު 8:00 އިން މެންދުރު 14:00 އަށް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް "ވައިޓް އެލާޓް" ނެރެފައެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް "ޔެލޯ އެލާޓް" ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ