މެމްބަރު ޝަރީފަށް ބަޔަކު ހަމަލާ ދީފި

ޝަރީފަށް ހަމަލާދީފައިވާއިރު، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް ވެސް ފުލުހަށް ވަނީ ރިޕޯޓްކޮށްފަ އެވެ.
ރައްޔިތުން މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގައިގައި ބަޔަކު ތަޅައިގެންފި އެވެ. 
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓްލުން ކުރިއަށް ދަނިކޮށް ޝަރީފް ގައިގައި ތަޅައިގަތީ ގޭންގަކަށް ނިސްބަތްވާ ބައެއް ކަަމަށް އެމްޑީޕީ މެމްބަރުން ތުހުމަތު ކުރެ އެވެ. ތަޅައިގެންފައި ވަނީ މަރަދޫ ދާއިރާގެ އެމްޑީޕީ އޮފީސް ހުންނަ މެންހަޓަން ބިޒްނަސް ހޮޓަލްގައި ހުންނަވަނިކޮށް ކަމަށްވެ އެވެ.އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ޝަރީފުގެ ވައަތު ލޯ ކައިރި ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. އަދި ނޭފަތް ކައިރީ ވަކި އަޅުވައިވާފައިވާ ކަމުގެ ނިޝާން ފެންނަން ހުއްޓެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޝަރީފަށް ބަޔަކު ހަމަލާ ދީފައިވާ މައްސަލަ ރިޕޯޓްކޮށްފައިވާ ކަމަށެވެ. މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުންޏެވެ. އިތުރު މައުލޫމާތެއް ނުދެ އެވެ.ޝަރީފަށް ހަމަލާދީފައިވާއިރު، ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ގައިގައި ޖަހާފައިވާ މައްސަލައެއް ވެސް ފުލުހަށް ވަނީ ރިޕޯޓްކޮށްފަ އެވެ.އެމްޑީޕީ މެމްބަރުން ތުހުމަތު ކުރާ ގޮތުގައި މިއަދު އެކްޓިވްކޮށް އުޅެނީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ގޭންގެކެވެ. އެމީހުން ރޭ ވެސް އެމްޑީޕީ ޖަގަހަތައް ކުރިމަތީގައި ހަމަނުޖެހުން ހިންގި ކަމަށްވެ އެވެ. އެކަމަކު އެކަން ޕީޕީއެމް އިން ދޮގުކުރެ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ