ފަލަސްޠީނުގެ ހަނގުރާމަވެރިން
އިޒްރާއިލްގެ ރައްޔިތުން އުޅޭ ސަރަހައްދުތަކަސް ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ
ގޮތުން އިޒްރާއިލުން ވައިގެ ހަމަލާތަކުގެ ސަބަބުން ހަލާކުވި ޢިމާރާތްތަކުގެ ދަށުން
ޝަހީދުވެފައިވާ މީހުންގެ ހަށިތައް ނެރެން ފަށައިފިއެވެ.
ފަލަސްޠީނުގެ ވަރުގަދަ ހަމަލާތަކަށް
ރައްދު ދިނުމުގެ ގޮތުން އިޒްރާއިލުން ވަނީ ފަލަސްޠީނުގެ ޢާންމުން ދިރިއުޅޭ ޢިމާރަތްތަކަށް
ރޮކެޓް ހަމަލާތައް ދީފައެވެ.
ޤުދުސް ނެޓްވޯކުން
ބުނެފައިވަނީ ނައްޞިރް ނެއިބަރހުޑްގައި ހުންނަ އަބޫ ޝަބަން ޢާއިލީ ގެ އަށް ދިން ރޮކެޓް
ހަމަލާގެ ސަބަބުން އެގެ ވަނީ ބިމާއި ހަމަވެފައި ކަމަށެވެ. އަދި ހަމަލާގެ ސަބަބުން
ޝަހީދުވި އެ ޢާއިލާގެ 4 މީހެއްގެ ހަށިގަނޑުވަނީ ހަލާކުވެފައިވާ ޢިމާރާތުގެ ދަށުން
ނެރެފައެވެ.
Advertisement
އިޒްރާއިލްގެ ހަމަލާތަކުގެ
ސަބަބުން ފަލަސްޠީނުގެ ޣައްޒާ ގައި ހުންނަ
ކޮމާޝަލް ބޭންކެއްގެ ޢިމާރާތައް ވަނީ ބޮޑެތި ގެއްލުން ތަކެއް ލިބިފައެވެ.
އެޢިމާރާތް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އިޒްރާއިލްގެ ރޮކެޓް
ހަމަލާތަކުގެ ސަބަބުން ޚާން ޔޫނުސް ގައި ހުންނަ މިސްކިތެއް ވަނީ ބިމާއި ހަމަވެފައެވެ.
ހަލާކުވި މިސްކިތުގެ ދަށުން ކީރިތި ޤުރުއާނުގެ މުސްޙަފްތައް ނަގައި ރައްކާކުރުމުގެ
މަސައްކަތް އެސަރަހައްދުގެ މީހުން ދަނީ ކުރަމުންނެވެ.
ޣައްޒާގެ މެދުތެރޭގައި
އޮންނަ ޒަވައިދާ އަވަށުގައި ހުންނަ އަބޫ ރުކަބް ޢާއިލާގެ ގެ އަށް އަމާޒުކޮށް އިޒްރާއިލްގެ
ޔަހޫދީން ދިން ހަމަލާގެ ސަބަބުން އެގެ ބިމާއި
ހަވަވެފައިވާއިރު އެޢާއިލާގެ 7 މީހެއްގެ ޝަހީދުވެފައިވާ ހަށިގަނޑު ޢިމާރާތުގެ
ހަލާކުވެފައިވާ ބައިތަކުގެ ދަށުން ވަނީ ނަގައިފައެވެ.
ފަލަސްޠީން އިޒްރާއިލް ހަނގުރާމަ: ޝަހީދު ވެފައިވާ މީހުންގެ ހަށިތައް ޢިމާރާތްތަކުގެ ދަށުން ނެރެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ