ރާއްޖެއަށް އިރުވައި މޫސުން ފެށިއްޖެ، ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސް

މިމަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސްވާނެއެވެ. ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.
އަދި ބައެއް ރަށްތަަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށްވެސް އެއިދާރާއިން ލަފާކޮށްފައިވެއެވެ. މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ބެލެވޭތީ، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކާއ ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު މޫސުމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީއަށް އޮރެންޖު އިންޒާރު ނެރެފައެވެ. އަދި ށ އަތޮޅުން ފެށިގެން ދ އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ރީނދޫ ސަމާލުގެ މުއްދަތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2023 Gaafu Media Group Pvt Ltd. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ