އަތޮޅު ކައުންސިލުތައް ރުޖޫއަކުރަން ހުށަހެޅި އިސްލާހު ބޭރުކޮށްލައިފި

އަތޮޅު ކައުންސިލްތައް އުވާނުލުމަށް ގާނޫނުއަސާސީއަށް އިދިކޮޅު އެމްޑީޕީގެ ފަރާތުން ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބޭރުކޮށްފި އެވެ.މި އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. މި ބިލްގެ ފުރަތަމަ ކިޔުން އިއްވީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް އަށް މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 45 މެންބަރުން ވޯޓު ދެއްވި އެވެ. މި ބިލު ހުށަހަޅުއްވަމުން މެންބަރު މުހައްމަދު އިބްރާހިމް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީގައި ވިދާޅުވީ:ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ (ހ)ގެ ދަށުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ބަޔާންކޮށްފައިވާއިރު، އެ ނިޒާމުގައި ހިމެނޭ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމުގެ ސަބަބުން ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ނިޒާމަށް އުނިކަން ލިބިފައިވާ ކަމަށްއެހެންވެ، ގާނޫނުއަސާސީ ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމް ހިންގުމުމަށްޓަކައި އަތޮޅު ކައުސިލްތައް އުވާނުލައި ކުރިން އޮތް ގޮތަށް އަނބުރާ ރުޖޫއަކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހުކުރުމަށް ހުށަހަޅާ ކަމަށްބިލު ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މެންބަރު މުހައްމަދު އިބްރާހިމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި، އަތޮޅު ކައުންސިލް އުވުލުމަކީ އެއްވެސް ވަރަކަށް ދިރާސާނުކޮށް، ރައީސް މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަށް ފެށި މަސައްކަތުގެ ތެރެއިން ކުރެއްވި ކަމެކެވެ. އެ މަސައްކަތުގެ ތެރެއިން ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަކީ ވެސް ރައީސް ހުށަހެޅުއްވި ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ