ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން، ޔޫކްރެއިންއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގެ ތެރެއިން ދަނޑުމައްޗަށް ވެއްޓުމާ ގުޅިގެން އެ މެޗު މެދުކަނޑާލައިފިއެވެ.
ޑެންމާކުގެ އޮޑެންސޭގައި ކުޅުނު މި މެޗުގެ 65 ވަނަ މިނެޓުގައި އެރިކްސަން އަމިއްލައަށް މޭމަތީގައި އަތްއެޅުމަށްފަހު ވެއްޓުމާއެކު، ދެ ޓީމުގެ ކުޅުންތެރިން ވަނީ ވަގުތުން އޭނާ ވަށާލައި ޑޮކްޓަރުންނަށް ފަރުވާ ދިނުމުގެ ފުރުސަތު ފަހިކޮށްދީފައެވެ.
ޑެންމާކުގެ ފުޓްބޯޅަ ފެޑެރޭޝަނުން މައުލޫމާތު ދޭ ގޮތުގައި، އެރިކްސަން މިހާރު ހޭހުރި ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބެލެވޭ ކަމަށެވެ.
މެޗުގެ ތެރޭގައި ވެއްޓުމަށްފަހު، އެރިކްސަން ވަނީ އެހީތެރިކަމާއެކު އަމިއްލައަށް ހިނގާފައި ގޮސް އެމްބިއުލާންސަށް އަރާފައެވެ. ގައުމީ ޓީމުގެ ޑޮކްޓަރު މޯޓެން ބޯސަން ބުނީ، އެރިކްސަންގެ ހަށިގަނޑުގައި ހަރުކޮށްފައިވާ ހިތުގެ ޑިވައިސް، އައިސީޑީ ރަނގަޅަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، އޭނާ ހޭނެތުނީ ވަރަށް ކުޑަ ވަގުތުކޮޅަކަށް ކަމަށެވެ.
މި ހާދިސާއާ ގުޅިގެން މެޗު ވަނީ ރަސްމީކޮށް މެދުކަނޑާލާފައެވެ. އެރިކްސަން ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރޭގައި ވެސް ކުޅިވަރު ކުޅޭ ދަނޑުމަތީގައި ކުއްލިއަކަށް ވެއްޓި ހާލު ދެރަވެފައެވެ.
މިއަހަރުގެ ވޯލްޑް ކަޕަށް ޑެންމާކު ކޮލިފައިނުވުމާ ގުޅިގެން މިފަހަރުގެ މުބާރާތުގައި އެރިކްސަންއެއް ނުފެންނާނެއެވެ.
އެރިކްސަން އަނެއްކާވެސް ދަނޑުމައްޗަށް ވެއްޓިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ