ހަމަލާތައް މެދުކަނޑާލި ފަހުން އީރާނުން މިރޭ ފުރަތަމަ ފަހަރަށް އިޒްރޭލަށް އަމާޒުކޮށް މިސައިލްތަކެއް ފޮނުވާލާފައި ވާއިރު އެކަމުގެ ރައްދުގައި ހަމަލާ ނުދިމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް އަންގަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ހަވާލާދީ އެކްސިއޯސް ނޫހުން ބުނެފި އެވެ.
އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ހަމަލާތައް މެދުަކަނޑާލުމުގެ އެއްބަސްވުމަށް ފަހު، އެއްބައެއްގެ ހަމަލާއަކަށް އަނެއް ބަޔަކު ރައްދު ހަމަލާއެއް ދިން ނަމަވެސް ހަމަލާތައް ފުޅާވެ ކުރިން އޮތް ހާލަތަކަށް ގޮސްފައެއް ނުވެ އެވެ. އެހެންވެ އިޒްރޭލަށް މިސައިލް ހަމަލާތައް ފޮނުވާލުމާ އެކު ރައްދުގައި ވަރުގަދަ ހަމަލާތަކެއް ދީ، ކުރިން އޮތް ހާލަތަށް މެދުއިރުމަތި ހިނގައިދާނެ ކަމުގެ ކަންބޮޑުވުން ވަނީ އުފެދިފަ އެވެ.
އޭގެ ފަހުން ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕު ވަނީ އީރާނުން 'ފުދޭ ވަރަކަށް މިސައިލް ފޮނުވިއްޖެ' ކަމަށާއި އެހެންވެ އެ ހިސާބުން އެކަން ނިންމާލާފައި އަލުން މަޝްވަރާގެ މޭޒަށް އައުމަށް ގޮވާލައްވައިފަ އެވެ.
"މިކަމުގެ މަޝްވަރާތަކަށް ކުރާނެ ފައިދާއެއް ނެތް. އަޅުގަނޑު ދަަންނަވާނީ ފުދޭވަރަކަށް މިސައިލް ފޮނުވިއްޖޭ ދެން އެނބުރި މަޝްވަރާގެ މޭޒަށް އައިސް އެއްބަސްވުމެއް ހަދަން ހިނގާށޭ،" ޓްރަމްޕު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުން ބައިރޫތަށް ދިން ހަމަލާއާ މެދު ވެސް ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އީރާންގެ އަސްކަރިއްޔާއިން މިރޭ ވެސް ބުނީ އީރާނުން ވަނީ، ލުބްނާން ވެސް ހިމެނޭ ގޮތަށް ހުރިހާ ދިމާލަކުން ހަމަލާތައް ހުއްޓާލާ ނަމަ ހަނގުރާމަ ހުއްޓާލަން އެއްބަސްވެފައި ކަމަށެވެ. އެކަމަކު އިޒްރޭލުން ހުއްޓުމެއް ނެތް ލުބްނާނަށް ހަމަލާދީ އެ ޝަރުތާ ހިލާފުވާތީ އީރާނުން ވެސް ރައްދު ދިނީ ކަމަށް ބުންޏެވެ.
ރައްދުގައި އީރާނަށް ހަމަލާ ނުދޭން ނަތަންޔާހޫއަށް އަންގާނެ ކަމަށް ޓްރަމްޕު ވިދާޅުވެއްޖެ: ރިޕޯޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ