ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދޭން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނިންމައިފި އެވެ.
ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް މީގެ ކުރިން "ކޭސްބައި ކޭސް" އަށް ބެލުމަށްފަހު ބޭންކުން އައީ ކާޑަށް ލިމިޓް ދެމުންނެވެ.
ބީއެމްއެލްގެ ސްޕޯކްސްޕާސަން މުހައްމަދު ސައީދު މިއަދު ވިދާޅުވީ ބޭރުގައި ކިޔަވާ ދަރިވަރުންނަށް ވިސާއަށް ފައިސާ ދެއްކުމަށް މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ އެހީތެރިކަމާއެކު މިއަދުން ފެށިގެން ހުރިހާ ދަރިވަރުންނަށްވެސް، ވިސާއަށް ފައިސާ ދެއްކުމަށް ބޭންކަށް އެދި ހުށަހެޅުމުން ކާޑަށް ލިމިޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
ބޭރުގައި ކިޔަވާ ދަރިވަރުން ވިސާއަށް ފައިސާ ދެއްކުމަށް ކާޑަށް ލިމިޓް ދޭން ބީއެމްއެލް އިން ނިންމާފައިވާއިރު ބޭންކްގެ ދިވެހި ރުފިޔާ ކާޑުތަކުން ބޭރުގެ މުއާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަށް މި މަސް ނިމުމުގެ ކުރިން ލުޔެއް ދޭން އެ ބޭންކުން ވަނީ ނިންމާފަ އެވެ.
ދަރިވަރުންގެ ވިސާއަށް ފައިސާ ދައްކަން ބީއެމްއެލްއިން ކާޑަށް ލިމިޓް ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ