އިންސާނާގެ ދިރިއުޅުމުގެ ދަތުރުގައި އެންމެ މޮޅު ކޮއްތަކީ ތަޤުވާވެރިކަން ކަމުގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއުއަކީ "ޙައްޖުގެ އަޅުކަމުން ލިބޭ ފިލާވަޅުތައް" މިއެވެ.
ޙައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާގެ ނަފުސުގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކަކީ މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ އަމަލީ ތަމްރީނުތަކެއްކަން ޚުތުބާގައި ފާހަގަކުރިއެވެ.
ޙައްޖުގެ އަޅުކަމަށްފަހު އަންނަ އަޟުޙާ ޢީދުގެ މުނާސަބަތުގައި މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި ލޯބީގެ ގުޅުން ބަދަހިކުރުމަށް ޚުތުބާގައި ބާރުއެޅިއެވެ.
ޚުތުބާ ނިންމާލަމުން ވަނީ ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ވުމަށް އިލްތިމާސްކޮށްފައެވެ. އަދި ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ހުރިހާ މުސްލިމުންނަށް ނަސޭހަތްތެރިވިއެވެ.
އެންމެ މޮޅު ކޮއްތަކީ ތަގުވާ، ޙައްޖުގެ ޝައީރާތަކާއެކު ނަފުސު އިސްލާޙުކުރަން ޖެހޭ: ޚުތުބާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ