ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ހއ. ވަށަފަރު، ބޮޑުގެ، ޔޫސުފް ވަހީދު މިއަދުން ފެށިގެން ވަކިކޮށްފިއެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު ލިބިގެންވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ މި ނިންމުން ނިންމާފައިވާކަން ކަށަވަރުކޮށްދީފަ އެވެ.
އެޗްޑީސީގެ ބޯޑުން ޔޫސުފް ވަޙީދު ވަކިކުރެއްވި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.
ޔޫސުފް ވަހީދަކީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އެޗްޑީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި ހިދުމަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ ބޯޑުން ވަކިކުރެއްވި ނަމަވެސް، މިހާރުވެސް އޭނާ ހުންނެވީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ޗީފް އިންޓަނަލް އޮޑިޓަރުގެ މަގާމުގަ އެވެ.
ޔޫސުފް ވަހީދަކީ އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ސައުތު އޮސްޓްރޭލިއާއިން މާސްޓަ އޮފް ޕްރޮފެޝަނަލް އެކައުންޓިން އެންޑް ފައިނޭންސް ހާސިލުކުރައްވާފައިވާ އަދި ފައިނޭންސްގެ ދާއިރާއިން ބެޗްލަ އޮފް ބިޒްނަސް މެނޭޖްމަންޓް ޑިގްރީވެސް ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ.
ރާއްޖޭގެ އެކައުންޓިންގ ދާއިރާގެ އިސް ސަފުގައި ހަރަކާތްތެރިވާ ޔޫސުފް ވަޙީދަކީ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓަންޓްސް އޮފް ދަ މޯލްޑިވްސް ނުވަތަ ސީއޭ މޯލްޑިވްސްގެ މެންބަރެއްވެސް މެއެވެ.
އެޗްޑީސީގެ ބޯޑު މެންބަރުކަމުން ޔޫސުފް ވަހީދު ވަކިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ