ނިމުނު ހަފްތާގައި ސްކޭމްގެ 36 މައްސަލައެއް ހުށަހަޅާފައިވޭ

އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ނިމުނު ހަފްތާގައި ހުށަހެޅުނު މައްސަލަތަކުން ލިބުނު ގެއްލުމުގެ އަދަދު އުޅެނީ 118,370 ރުފިޔާގައެވެ. އަދި ނިމުނު ހަފްތާގައި ކުރެވުނު މަސައްކަތުން ސްކޭމްކޮށްގެން ފޭރިގެންފައިވާ ފައިސާތަކުގެ ތެރެއިން ޖުމްލަ 164,240 އަނބުރާ ހޯދިފައިވާކަމަށްވެސް އެސެންޓަރުގެ ތަފާސްހިސާބު ތަކުން ދައްކައެވެ.
އެންޓި ސްކޭމް ސެންޓަރުން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރާއިރު އަބަދުވެސް މުދާ ވިއްކާ ފަރާތްތަކުގެ ސައްހަކަން ކަށަވަރު ކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ކާކު ކަން ނޭނގޭ މީހުންނާއިއެކު ކުރެވޭ ވިޔަފާރި މުއާމަލާތްތަކުގައި، މުދާ ލިބުމުން ނޫނީ ފައިސާ ނޮފުނުވުމަށް އިލްތިމާސްކުރާކަމަށްވެސް އެންޓި ސްކޭމް ސެންޓަރުން އިލްތިމާސް ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ