އިދިކޮޅުން އެޗްއާރުސީއެމްއާ ބައްދަލުކޮށްފި، މެމްބަރު ވަކިކުރާނެ ކަމުގެ އިންޒާރު ދިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަޝިޕުން އެޗްއާރުސީއެމްގެ މެމްބަރުންނާ އެންމެފަހުން މިއަދު ބައްދަލުކޮށް، މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރު ދީފި އެވެ.
ދެ ދުވަހުގެ މަތިން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން މަސައްކަތްކޮށް މިއަދު ހެނދުނު ވަނީ އެ ބައްދަލުވުން ބާއްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނަށް ދިން އިންޓަވިއުގައި އިދިކޮޅުން ބުނީ އެޗްއާރުސީއެމްގައި އޮތީ ސިޔާސީ ނުފޫޒު ކަމަށާއި ކޮމިޝަންގެ މެމްބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
އިދިކޮޅުގެ އިސް ބޭފުޅުން އެޗްއާރުސީއެމް އަށް ވަޑައިގަތީ، މިހާރު ޖަލުގައި ހުރި އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި ސަރުކާރުން އަނިޔާކުރާ ކަމަށް ބުނެ އެކަމުގެ ތަފުސީލު އެ ކޮމިޝަނާ ހިއްސާކުރުމަށެވެ.
އިދިކޮޅުގެ ލީޑާޝިޕުން އެޗުއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް އިންޓަވިއު ދެނީ.-- ފޮޓޯ: ޕީޕީއެމް
ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ ރ. ފުއްގިރި މައްސަލާގައި ޔާމީންގެ ޝަރީއަތްތައް 13 ގަޑިއިރަށް ކުރިއަށް ގެންދިއުމަކީ އެއްވެސް ހަމަޔަކުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ، ރާއްޖޭގެ ކަމާބެހޭ އިދާރާތަކުގެ އިތުރުން އދ. އަށް ވެސް މިހާރު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައީދު ވިދާޅުވި ގޮތުގައި، ޔާމީންގެ ޝަރީއަތް ކުރިއަށް ދަނީ އުސޫލުތަކުގެ ބޭރުން ކަމަށް އެޗްއާރުސީއެމްގެ މެމްބަރުން ވެސް ގަބޫލުކުރެ އެވެ. އެކަމަކު، ވަކި ބައެއްގެ ސިޔާސީ ނުފޫޒުގެ ސަބަބުން އެ ކޮމިޝަނުން ފާޅުގައި އެކަމުގެ ކަންބޮޑުވުން ފާޅުނުކުރަނީ އެވެ.
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ކުރިން ހިނގާ ގޮތަށް ހިނގަމުން އަންނަ ނުވަތަ ކޮމެޓީތަކުގެ މަސައްކަތް ހިނގާ ނަމަ އެޗުއާރުސީއެމްގައި މިހާރު ތިބި ފަސް މެމްބަރުން އެ މަގާމުގައި ނުތިބޭނެ ކަމަށެވެ.
Commission ge memberunnaa bahdhalu nuvee Idhikolhun gadi jehigen dhiyumun: HRCM
The most trusted news source in the Maldives
Mihaaru
"އަޅުގަނޑުމެން މި ދަންނަވަނީ މަޖިލިސް ފަންކްޝަން ކުރާއިރަށް މި ބޭފުޅުން [އެޗްއާރުސީއެމްގެ މެމްބަރުން] މިތަނުން ބޭރުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އިދިކޮޅުން އެޗްއާރުސީއެމްގެ މެމްބަރުންނާ ބައްދަލުކުރަން އިއްޔެ އެތަނަށް ގޮސް ފަސް ގަޑިއިރު މަޑުކުރި އެވެ. އެކަމަކު، އެ ކޮމިޝަނުން ބުނި ގޮތުގައި، އިއްޔެ މެމްބަރުންނާ ބައްދަލުނުވީ އިދިކޮޅަށް އެޕޮއިޓްމަންޓް ހަމަޖައްސައިދިން ގަޑިއަށް އިއްޔެ ހާޒިރުނުވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ