ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަބްދުﷲ ޖަމީލް އަވަހާރަވެއްޖެ

ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އަބްދުﷲ ޖަމީލް އަވަހާރަވެއްޖެއެވެ.ޢަބްދުﷲ ޖަމީލް އަވަހާރަވީ ގިނަ ދުވަހު އާލާސްކަންފުޅާ އުޅުއްވުމަށްފަހު މިއަދުގެ ވަގުތެއްގައެވެ. ޢަބްދުﷲ ޖަމީލްވަނީ ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރުކަން 1991 އިން 1993އަށް ކުރައްވާފައެވެ.އަބްދުﷲ ޖަމީލުގެ ބޭފުޅުންގެ ތެރެއިން މައުރޫފް ޖަމީލް ވަނީ ރައީސް މައުމޫންގެ ވެރިކަމުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ކަން ކުރައްވާފަ އެވެ.އަބްދުﷲ ޖަމީލްގެ ބޭބެ -- ފަތުހުﷲ ޖަމީލް ވަނީ ކުރިން ފޮރިން މިނިސްޓަރުކަންވެސް ކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ