އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އިފްތިތާހު ކޮށްފި

ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ.
އައްޑޫ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެެއްވައިފި އެވެ. 
ނެދަލޭންޑްސްގެ ވެން އޫޑު ކުންފުނިން ކުރިއަށް ގެންދާ އެ މަޝްރޫއު އިފްތިތާހުކުރީ މިއަދު މަރަދޫ ހިއްކި ބިމުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ޖުމްލަ 1.5 ބިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން އައްޑޫގެ 4 ސަރަހައްދަކުން 193 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެއެވެ. އަދި 11 ކިލޯމީޓަރުގެ ގޮނޑުދޮށުގައި ބޮޑުހިލަ ޖަހާނެއެވެ.
ވެން އޫޑް ކުންފުނިން އަންނަނީ މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން މި މަޝްރޫއުގެ އަމަލީ މަސައްކަތް ކުރަމުންނެވެ. މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 400 މިލިއަން ޑޮލަރުގެ ކްރެޑިޓްލައިނުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ.މި މަޝްރޫއުގެ އިތުރުން އައްޑޫ ހުޅުމީދޫގައި 42 ހެކްޓަރުގެ ބިން ހިއްކުމަށް 179 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް އެބަ ކުރިއަށްދެއެެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ