ވިލާ ކުންފުންޏަށް މި ސަރުކާރުގެ ނުހޮރުއްޕާން ޖެހިއްޖެ: ގާސިމް

ސަރުކާރުގެ މައި ހިއްސާ އޮތް އެމްޑީޕީން އެމަނިކުފާނާ މެދު ކަންކުރާނެ ގޮތް އަބަދުވެސް ސާފު ކަމަށާ އެމަނިކުފާނަށް ހެޔޮ ގޮތެއް އެމްޑީޕީ މެދުވެރިވެ ނުލިބޭނެ ކަމަށް ދޭހަވާ މޭރުމަކުން ވެސް މިއަދު ވާހަކަ ދެއްކެވި އެވެ.
ކޮންމެ ސަރުކާރަކުން ވެސް ވިލާ ކުންފުންޏަށް "ނުހުރުއްޕާން" ކޮށް ގެއްލުންދޭކަން ފާހަގަ ކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެސް އެކަން ކުރަން ފަށައިފި ކަމަށް ވިލާ ކުންފުނީގެ ޗެއާމަން / ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމްގެ އަމިއްލަފުޅު ޓީވީ ޗެނަލަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ވަނީ ސަރުކާރާމެދު އޮތް ކަންްބޮޑުވުންތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ. ގާސިމް ވިދާޅުވި ގޮތުގައި އެމަނިކުފާނަކީ ގަބޫލު ކުރައްވާ އުސޫލުތަކުގެ ތެރޭގައި ހުންނަވާނެ ބޭފުޅެކެވެ. އެ ނޫން ގޮތަކަށް ކަންކަން ދާނަމަ ދެކޮޅު ހައްދަވާނެ އެވެ. ސަރުކާރުން ކިތަަންމެ ދަތި ކުރި ނަމަވެސް އަދި އެމަނިކުފާނުގެ ވިލާ ކުންފުނި ފުނޑުފުނޑުކޮށް ލެއްވިޔަސް ދެމި ހުންނަވާނީ ގަބޫލު ކުރައްވާ ގޮތުގަ އެވެ. ދެން ވިދާޅުވީ ކުރީ ސަރުކާރުތަކުން އެމަނިކުފާނުގެ ވިޔަފާރި ފުނޑާލަން ކުރި މަސައްކަތް މި ސަރުކާރުން ވެސް ފަށައިފި ކަމަށެވެ."ސަރުކާރުން ކިތަންމެ ނުހޮރުއްޕާނެއް ކުރިޔަސް. ސަރުކާރުން އަޅުގަނޑު ކުންްފުނި ފުނޑުފުނޑުކޮށްލަން ނިންމިޔަސް. އަދި އަޅުގަނޑާއި އަޅުގަނޑުގެ މުވައްޒިފުންނަށް ލާރި ލިބޭނެ ގޮތް ހުއްޓުވަން ކިތަންމެ ގިނަ ގުނަ ކަންތައްތަކެއް ކުރިޔަސް... މިހާރު ކުރަން ފައްޓަަވައިފި، މިހާރު އަތްބާނަން ފައްޓަވައިފި،" ގާސިމް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ ފަހުން އެ ތަފްސީލުތައް ހާމަ ކުރާން ޖެހިއްޖެ ނަމަ ކުރައްވާނެ ކަމަށެވެ.ގާސިމް ވިދާޅުވީ ސަރުކާރުގައި ޖުމްހޫރީ ޕާޓީ އޮތީ ސަރުކާރަށް ރުހޭތީ ނޫން ކަަމަށެވެ. މަޑުން ތިބެނީ މަސްލަހަތަށް ބަލާފައި ކަމަށެވެ."އެއްބަސްވެފައިވާ ގޮތަށް އެއްވެސް ކަމެއް ހިނގާތީ އެއް ނޫނޭ މި ހުންނަނީ އެއް!"ގާސިމް ވަނީ ސަރުކާރެއްގައި ވައްކަމާއި ހިޔާނާތް ގިނަ ވަނީ ވެރިމީހާގެ އިހުމާލުން ކަމަށް ވެސް ވިދާޅުވެފަ އެވެ. އެގޮތުން ކުދި ސޯބްތައް އެނބުރޭނީ ބޮޑު ސޯބް އެނބުރޭ ގޮތަށް ކަމަށް ސިފަ ކުރައްވާ ގައުމެއްގެ ނަސީބަކީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ އިހްލާސްތެރިކަމާއި ތެދުވެރިކަމާއި ދީން ވެރިކަމާއި ދުރުވިސްނޭ ސިޔާސަތު ކަމަށް ވެސް ވިދާޅުވި އެވެ.ސަރުކާރުގެ މައި ހިއްސާ އޮތް އެމްޑީޕީން އެމަނިކުފާނާމެދު ކަންކުރާނެ ގޮތް އަބަދުވެސް ސާފު ކަމަށާ އެމަނިކުފާނަށް ހެޔޮ ގޮތެއް އެމްޑީޕީ މެދުވެރިވެ ނުލިބޭނެ ކަމަށް ދޭހަވާ މޭރުމަކުން ވެސް މިއަދު ވާހަކަ ދެއްކެވި އެވެ. ވިދާޅުވީ އެއްބަސްވުން އޮތް ގޮތުން އެމަނިކުފާނަކީ މަޖިލީހުގެ ރައީސް ކަަމަށް އިންނަވާން ޖެހޭ ފަރާތް ކަމަށެވެ. ނަމަވެސް އާހިރުގަައި މަޖިލީހުގެ ކޮމެޓީއެއްގެ މުގައްރިރު ކަން ނުވަތަ ނާައިބު މުގައްރިރުކަން ދޭން ވެސް ބޭނުން ނުވި ކަަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ