ނާޒިމްވެސް ބޭނުންވަނީ އަޅުގަނޑު ދުއްވާލަން, އަޅުގަނޑުގެ ގައިގާ ޖަހާކަށް ނުޖެހޭ: ގާސިމް

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށްވެސް ވެރިކަމަށް އާދެވެން އޮތީ އޭނާ ‘ދުއްވާލައިގެން’ ކަމަށް ގަބޫލުކުރާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އަމިއްލަ ޓީވީ ޗެނަލް, ވީޓީވީ މެދުވެރިކޮށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ, ވެރިކަމަށް އައުމަށް އޭނާ ދުއްވާލަންޖެހޭ ސަބަބެއް ނޭނގޭ ކަމަށެވެ.
“ނެޝަލް ޕާޓީގެ ވަރަށް މަތީ ދެ ބޭފުޅަކު ވިދާޅުވި ގާސިމް ދުއްވާލައިގެން ނޫން ގޮތަށް ނެތޭ މިކަން (ވެރިކަމަށް އައުން) ވާކަށެއް. މިހިރީ ބައްލަވާ. ކޮން ކަމަކާތޯ? .. އަޅުގަނޑުމެންގެ ޕާޓީގައި އަޅުގަނޑުމެންގެ ތެރޭގައި ތިބެފައި, އަޅުގަނޑުމެން ކުރިކަމަކާ ލައިގެންވެސް ނޫން އެބޭފުޅުންގެ އެހެން ކަމެއް އޮތީމަ އެކަން ކުރަންވެގެން ނުކުމެ ކޮންމެހެން އަޅުގަނޑުގެ ގައިގަ ޖަހާކަށެއް ނުޖެހޭ ދެއްތޯ?,” ގާސިމް ވިދާޅުވި އެވެ.
ގާސިމުގެ އެ ވާހަކަތަކާ ގުޅިގެން އެމްއެންޕީގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ, ގާސިމާ ހިސާބަށް ދޮގު މައުލޫމާތު ބަޔަކު ގެނެސްދިނުމަކީ އޭނާއަށް ބަޔަކު ދޭ ގެއްލުމެއް ކަމަށެވެ.
“އަޅުގަނޑުވެސް އަދި އަޅުގަނޑަށް ހެޔޮއެދޭ މީހަކުވެސް މަނިކުފާނަށް އަދި އެހެންވެސް ދިވެހި ރައްޔިތަކަށް ގެއްލުމެއް އަދި ނިކަމެތިކަމެއް ނުދޭނެ އަދި އެފަދަ ވަހަކައެއްވެސް ނުދައްކާނެ. މަނިކުފާނާމެދު އަޅުގަނޑުގެ އިހުސާސަކީ އިހުތިރާމް,” ނާޒިމްގެ ޓުވީޓުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ