ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ބޭފުޅަކާ މެދު ސުވާލު އުފައްދާ ދެ ރައީސުން ތިބި ކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަން އިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން ނިންމައިފިއެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބަލައިނުގަތުމަށް ނިންމާ އެކަން އެންގީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.
ކޯޓުން އެ މައްސަލަ ބޭރުކޮށްލާފައިވާއިރު މި މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ ފެބުރުއަރީ 27 ގައެވެ. މީގެ ކުރިންވެސް މި މައްސަލަ ސުޕްރީމު ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އޮތީ މައްސަލަ ބޭރުކޮށްލާފައެވެ.
ގައުމުގައި ދެ ރައީސުން ތިއްބަވާކަމަށް ބުނެ އިދިކޮޅުން ސުވާލު އުފައްދާފައިވާއިރު މި މައްސަލަ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފެބުރުއަރީ 2022ގައި ތައިރޮއިޑްގެ ސާޖަރީއަކަށް ސިންގަޕޫރަށް ވަޑައިގެން، އެމަނިކުފާނުގެ ޒިންމާތައް ވަގުތީ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމް އާއި ހަވާލުކުރެއްވުމުންނެވެ.
އިދިކޮޅުން ކޯޓަށް ވެއްދި މައްސަލައިގައި ބުނަނީ އެހެންކަމުން ރައީސުލްޖުމްހޫރިއްޔާއަކީ ނައިބު ރައީސް ފައިސަލް ކަމަށާއި، ރައީސްގެ ޒިންމާތައް ފައިސަލް އާއި ހަވާލުކުރެއްވުމާއި އެކު ރައީސް ސޯލިހު ރައީސްކަމުގެ މަގާމުން ވަކިވީ ކަމަށެވެ.
މި މައްސަލަ އިދިކޮޅުން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅާފައެވެ.
ދެ ރައީސުން ތިއްބަވާ ކަމަށް ބުނާ މައްސަލަ ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ