އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމަށް އެމްއޭސީއެލްގެ ހާއްސަ ހަރަކާތެއް

މި މަހަކީ އޯޓިޒަމަށް ހޭލުންތެރިވުމުގެ މަހުގެ ގޮތުގައި ފާހަގަކުރެވޭ މަހެވެ. އެމްއޭސީއެލުން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މިފަދަ އިޖުތިމާއީ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެއެވެ.
އޯޓިޒަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އެމްއޭސީއެލުން އިސްނަގައިގެން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.ދިވެހިރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަނާ ގުޅިގެން އެ ކުންފުނިން މިމަހުގެ 12ވަނަ ދުވަހު ކުރިއަށްގެންދިޔަ ހަރަކާތުގެ ދަށުން އެ އެސޯސިއޭޝަނުގެ 14 ދަރިވަރަކާއި، ތިން ޓީޗަރަކު ބައިވެރިކޮށްގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ހާއްސަ ޓުއާއެއް ވަނީ ދީފައެވެ.  މި ޓުއާގައި އެ ކުދިންނަށް ވަނީ އެއާޕޯޓުގެ ރޭމްޕާއި ގްރައުންޑު ހޭންޑްލިންގެ މަސައްކަތްތައް ދައްކާލާފައެވެ. އަދި، އެމަޖެންސީ ސާވިސް ސްޓޭޝަނަށް ޒިޔާރާތްކޮށް، ފަޔާ އެންށް ރެސްކިއު ޓީމާއެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ވެސް އެ ކުދިންނަށް ލިބުނެވެ.އޭގެ އިތުރުން، މިމަހުގެ ކުރީކޮޅު އެ ކުންފުނިން ފަންޑްރެއިޒިން ހަރަކާތެއް ވެސް ބޭއްވިއެވެ. އެ ހަރަކާތުން އެއްކުރި ފައިސާ ވަނީ ހޭލުންތެރިކަން އިތުރުކުރުމުގެ ބޭނުމަށް، އޯޓިޒަމް އެސޯސިއޭޝަނަށް ހަދިޔާކޮށްފައެވެ.މި މަހަކީ އޯޓިޒަމަށް ހޭލުންތެރިވުމުގެ މަހުގެ ގޮތުގައި ފާހަގަކުރެވޭ މަހެވެ. އެމްއޭސީއެލުން އެ ކުންފުނީގެ ސީއެސްއާރުގެ ދަށުން މިފަދަ އިޖުތިމާއީ ކަންކަމަށް އަބަދުވެސް އެއްބާރުލުން ދެއެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ