މޮރޮކޯ އިން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މޮރޮކޯ އިން ދޭ ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ޑިވެލޮޕްމެންޓް އިން ހުޅުވާލައިފިއެވެ.
"މޮރޮކޮން ސްކޮލަޝިޕް" ސްކީމްގައި ޖުމްލަ 20 ފުރުސަތު ހިމެނޭއިރު، ޕީއެޗްޑީ އާއި މާސްޓާސް އަދި ބެޗެލާސް ޑިގްރީ އަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިކޭޝަނުން ވަނީ ބުނެފައެވެ.
އަދި މި ސްކޮލަޝިޕްތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ސްކޮލަޝިޕްތަކަށް މައި އެޑިއު ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ކެންޑިޑޭޓުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނޮމިނޭޓްކުރުމަށް ހަމަޖެހިފައިވާއިރު، މިނިސްޓްރީން އިތުރަށް ބުނީ ސްކޮލަޝިޕް ސްކީމްގެ ދަށުން ކޯސް ފީ ހިލޭ ހަމަޖެހިފައިވަ ކަމަށާއި ކޯސް ދޭ ފަރާތުން ކޮންމެ މަހަކު ދަރިވަރުންނަށް 750 ދިރްހަމް (3154.84 ރުފިޔާ) ދޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ