ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރައްވައިފި އެވެ.
"މި އަހަރުގެ ރިޔާސީ ބަޔާނުގައި އަޅުގަނޑު ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އާދެ މާދަމާ އިން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ،" އެވްރެޖްކޮށް ހުރިހާ މުވައްޒަފުންގެ މުސާރަ 40 ޕަސެންޓަށް ވުރެން ބޮޑުކޮށްފައިވާ ކަން އިއުލާންކުރައްވައި ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންވީ ވައުދާ އެއްގޮތަށް، އެކަން ކުރެވިގެންދާކަން މިއަދު އިއުލާންކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް."
އެވްރެޖްކޮށް 20،459 ރުފިޔާ ލިބޭ ރެޖިސްޓަޑް ނަރުހެއްގެ މުސާރަ 29،271ރ. އަށް ވަނީ ބޮޑުކޮށްފައި.
ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ ވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައި.
ސީނިއަ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ އަށް ވަނީ ބޮޑުކޮށްފައި.
ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި. އިތުރު ގަޑީގެ އެލަވަންސާ އެކު ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެ އިތުރުވާނެ.
ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 ޕަސެންޓުގެ ކުރިއެރުމެއް.
ތަފްސީލް އަންނަނީ..
ސިއްހީ ދާއިރާގެ ބޮޑު މުސާރަ ރައީސް އިއުލާންކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ