ތުޅާދޫ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ފުލުހުން ކުރިއަށް ގެންގޮސްފި

ބ. ތުޅާދޫ ޕޮލިސް ސްޓޭޝަނާއި ތުޅާދޫ ސްކޫލް ގުޅިގެން އެ ސްކޫލް ދަރިވަރުން ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި މަހު 24 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އެ ސެޝަނުގައި މައުލޫމާތު ދީފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމާ ގުޅޭގޮތުންނެވެ.
އެގޮތުން، މަގުމަތީގައި އުޅޭއިރު ދުއްވާ އެއްޗިއްސަށް ސަމާލުކަންދިނުމާއި މަގުމަތީގައި ދިމާވާ އެކި ހާދިސާތަކުން ރައްކާތެރިވާނެގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި މަގުމަތީގައި އުޅޭއިރު އެހެން މީހުންނަށް އުނދަގޫ ނުވާނޭގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ބައިސްކަލު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންކަންވެސް ބުނެދީފައިވެއެވެ.
އޭގެ އިތުރުން، އަލިފާނުގެ ހާދިސާތައް ހިނގުމަށް ދިމާވާ ސަބަބުތަކާއި އެފަދަ ކަންކަމުން ރައްކާތެރިވުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރާނެގޮތާއި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.
ތުޅާދޫ ސްކޫލްގެ ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ސެޝަންގައި 62 ދަރިވަރުން ބައިވެރިވެފައިވެއެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ