ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނަގަން ހާއްސަ ގާނޫނެއް ހަދަން ލަފާ ދީފި

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެ ފައިސާ ބޭނުންކޮށްގެން ހޯދާ މުއްސަނދިކަން ދައުލަތަށް އަނބުރާ ނެގޭނެ ހާއްސަ ގާނޫނެއް ވުޖޫދުކުރަން އެންޓި ކޮރަޕްޝަން ކޮމިޝަނުން ލަފާދީފި އެވެ.
އެމްއެމްޕީއާރުސީީ މެދުވެރިކޮށް ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވި މައްސަލަތައް ތަހުގީގު ކުރަމުން އަންނަ އިރު އޭސީސީން ވަނީ އެފަދަ މައްސަލަތަކުގައި ހިމެނޭ މުދާ ނެގޭނެ ނިޒާމް އޮތް ގޮތުގެ ދިރާސާކޮށްފަ އެވެ.
އޭސީސީން ރޭ އާއްމުކޮށްފައިވާ އެ ދިރާސާގައިވާ ގޮތުން ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަކީ ކުރިމަތިވެފައި އޮތް ގޮންޖެހުމެކެވެ. ހިޔާނާތުގެ މުދަލާއި ފައިސާ ދައުލަތަށް މިހާރު ނެގޭ ގޮތަށް އޮތީ ކޮރަޕްޝަނުގެ ކުށަކާއި މަނީ ލޯންޑްރިންގެ ކުށާ ގުޅޭ ހާލަތުގައި އެކަންޏެވެ. މަނީ ލޯންޑްރިންގެ ކުށަކާ ގުޅުމެއް ނެތި ހަމައެކަނި ކޮރަޕްޝަންގެ ކުށް ކުރާ ހާލަތުގައި ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ގޮތެއް ގާނޫނުގައި ބަޔާންވެފައެއް ނުވެ އެވެ.
Asset recover kureveyne nizaameh nethigen ethah faisaa eh nuhoadhifai!
The most trusted news source in the Maldives
Mihaaru
މި މައްސަލަ ހައްލުވާން އޮތީ ވަކި ހާއްސަ ގާނޫނަކުން ކަމަށާއި ނިޒާމުގެ ތެރެއިން މިހާރު ފަހިކޮށްދީފައި އޮތް މިންވަރުން އެންމެ އެކަށީގެންވާ ގޮތެއްގައި އެކަން ކުރަން ހުރަސްތަކެއް ހުރި ކަމަށް ރިޕޯޓުގައިވެ އެވެ.
- ކޮރަޕްޝަންގެ ކުށް ސާބިތުވަނީ މަދު މައްސަލައެއްގައި، ސަބަބަކީ ތަހުގީގާއި ދައުވާކުރުމުގައި ހުރި ގޮންޖެހުންތައް.
- އެސެޓް ރިކަވާ ކުރާނެ ވަށާޖެހޭ ގާނޫނެއް ނެތުމުން ތަންފީޒީ އިދާރާތަކަށް ގޮންޖެހުންތައް ކުރިމަތިވޭ.
- މުޅި ރާއްޖޭގެ އެސެޜް ރިކަވަރީ ނިޒާމް ބަލަހައްޓާނެ ބެލެނިވެރި މުއައްސަސާއެއް ނެތް
- ހަރުދަނާ އެސެޓް އެންޑް ވެލްތު ޑިކްލެރޭޝަން ނިޒާމެއް ނެތުން.
ކޮމިޝަނުން ބުނި ގޮތުގައި ބައެއް ކުށްތަކާ ގުޅިގެން ދައުލަތަށް މުދަލާއި ފައިސާ ނެގޭނެކަން ނުވަތަ އެފަދަ ކުށަކާ ގުޅިގެން ނަގާ މުދަލާއި ފައިސާ މެނޭޖްކުރާނެ ގޮތެއް ވެސް ބަޔާންވެފައި ނެތެވެ.
"ކޮރަޕްޝަނުގެ ކުށްތަކުން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެ ފުރިހަމަ ނިޒާމެއް އަދި ވަނީ ގާއިމް ނުކުރެވި އެވެ. މިހާރު އަމަލުކުރަމުން މިދާ ނިޒާމުގައި ފެންނަން އޮތީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން ކަމުގައިވީ ނަމަވެސް ކުށް ކުރުމަށް ބޭނުންކުރި މުދަލާއި ފައިސާ ނެގޭނެ ގޮތެއް ގާނޫނުގައި ބަޔާންކޮށްފައެއް ނުވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އޭސީސީން ބުނި ގޮތުގައި ހާއްސަ ގާނޫނެއް އޮތުމަކީ ކުށްކޮށްގެން މުދަލާއި ފައިސާ ހޯދުމާއި އެ މުދަލާއި ފައިސާ އިން ތަސައްރަފްކުރުން ހުއްޓުވުމަށް މަސައްކަތްކުރާ އިދާރާތަކަށް ލިބިގެންދާ އިތުރު ބާރަކަށް ވާނެ އެވެ.
"މިކަމަށް އޮތް އެންމެ އެކަށޭނަ ހައްލަކީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަދި އެއިން ތަސައްރަފްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާ ދައުލަތަށް ނެގުމާ ގުޅޭ ވަކި ހާއްސަ ގާނޫނެއް ވުޖޫދުވެގެން ދިއުމެވެ،" އޭސީސީން ނެރުނު ރިޕޯޓުގައިވެ އެވެ.
މި ދިރާސާ އިން ވަނީ ދައުލަތުގެ އެކި މަގާމްތައް ފުރުއްވާ ބޭފުޅުންގެ މާލީ ބަޔާން އާއްމުކުރުމުގައި ނަތީޖާއެއް ނުނެރެވި އޮންނަ ކަން ފާހަގަވެފަ އެވެ.
އޭސީސީން ބުނީ ކަނޑައެޅޭ ވަކި މަގާމްތަކެއްގައި ތިބޭ ފަރާތްތަކުގެ މުދަލާއި ފައިސާ އަދި އަރަންޏާއި ދަރަނީގެ ބަޔާން ކަނޑައެޅޭ ވަކި މުއްދަތުތަކަކުން ހާމަކުރަން ލާޒިމްކުރުމަކީ ކޮރަޕްޝަނުން ސަލާމަތްވެ ތިބުމަށް މުހިއްމު ކަމަށް ވިޔަސް އެކަމުގައި އަމަލުކުރަން ޖެހޭ އެއް މިންގަނޑަކާއި އުސޫލްތަކެއް ނެތް ކަމަށެވެ.
"މިހާރި އަމަލުކުރެވެމުންދާ ގޮތަށް ބަލާިއރު މާލީ ބަޔާން ހުށަހަޅަމުންދާ ފަރާތްތަކުގެ ބަޔާންތަކަކީ ވެސް އޮޑިޓްކޮށް އަދި އޭގެ ތެދުކަން ކަށަވަރުކޮށް ވެރިފައިކުރާ މައުލޫމާތު ކަމުގައި ނުވާ ކަން ފާހަގަކުރެވެ އެވެ،" ރިޕޯޓުގައިވެ އެވެ.
އޭސީސީން މިކަމުގައި ލަފާ ދިނީ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް އެސެޓް ޑެކްލެރޭޝަންއާ ގުޅޭ ބިލުގައި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ފެރޭ އަދި އާއްމުކޮށްފައިވާ ދިރާސާތަކުގައި ހިމެނޭ ކަންކަން ހުރިތޯ ކަށަވަރު ކުރުމެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރުސީން ދައުލަތަށް ގެއްލުނު ފައިސާ ރާއްޖެ އިން ބޭރުގައި ހުރި ކަމަށް ވެސް ތުހުމަތުކުރެ އެވެ.
Dhaulathah gellunu faisaa hoadhaane mageh fenijje: ACC
The most trusted news source in the Maldives
Mihaaru
އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ވަރަށް ދުވަސްވީ މައްސަލައަކަށް ވުމާ އެކު ހެކި ހޯދުމުގައި ދިމާވާ ކަންކަމެވެ. އެއާއެކު ވެސް އޭސީސީން މި ތަހުގީގުގެ ސްޕީޑް އަވަސްކޮށްފައިވާ ކަމަށާއި ނަތީޖާ ވެސް ފެންނާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ޓޫރިޒަމްގެ ބޭނުމަށް އެމްއެމްޕީއާރުސީ މެދުވެރިކޮށް، 37 ރަށަކާއި 12 ފަޅެއް ނުއަގުގައި ދޫކޮށްފައިވެ އެވެ. މިހާތަނަށް އަންދާޒާއަކީ އެކި މީހުންނަށް ބަހާލި މި ރަށްތަކުން ގާތްގަނޑަކަށް ތިން ބިލިއަން ރުފިޔާގެ ގެއްލުން ދައުލަތަށް ވެފައިވާ ކަމެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުމަށެވެ. އެމްއެމްޕީއާރުސީން ގެއްލުނު ފައިސާގެ ތެރެއިން ބޮޑެތި އަދަދުތަކެއް ދައުލަތަށް ހޯދަން ޖެހިފައިވާކަމަށް އޭސީސީން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ