ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑެނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގައި ކަރަންޓު ޚިދުމަތް ދިނުމަށް ސްޓެލްކޯއިން ބޭނުންކުރަމުންދާ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާ މައްސަލަ ފެންމަތިވެ އެ މައްސަލަ މިހާރު ވަނީ ފުލުހަށްވެސް ހުށަހަޅާފައެވެ.
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ ސަބްސްޓޭޝަންތަކުގެ ތަޅު ހަލާކުކޮށްލައިގެން ޓްރާންސްފޯމަރުގެ އެކި ބައިތައް ވަގަށް ނަގާކަން ފާހަގަކުރެވިފައިވާކަމަށާއި، އެ މައްސަލަ ކަމާއި ބެހޭ ފަރާތްތަކަށް ހުށަހަޅާފާއިވާ ކަމަށެވެ.
“މިކަމުގެ ސަބަބުން ރޭ ފަތިހު އަދި މިރޭވެސް ހުޅުމާލޭ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑެން މެދުވެރިވި ކަމަށް އޭނާ ވިދާޅުވި,”
ފަހުމީ ވިދާޅުވީ ސައުވީސް ގަޑިއިރު ކަރަންޓު ޚިދުމަތް ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ހުރަސް އެޅިގެންދާ ކަމަށެވެ.
ރޯދަ މަހު ކަރަންޓު ބޭނުން ކުރުމުގައި ސަމާލުވާން އެދިއްޖެ ވ. ތިނަދޫ އައު އިންޖީނުގެ ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވައިފި ސްޓެލްކޯއިން މީޑިއާތަކަށް ފައިސާ ދެނީ ސިއްރުނެއް ނޫން: ޝަރީފް ސްޓެލްކޯގެ ޓްރާންސްފޯމަރުތައް ބަހައްޓަން ބިމުގެ ޖާގަ އިތުރުކޮށްދޭން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ