20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން މި އަހަރު އެކުލަވައިލާނަން: ރައީސް

20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭން މި އަހަރު އެކުލަވައިލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ގައުމު އާބާދުކޮށް، ރަށްވެހި ތަރައްގީ ގެނައުމަކީ ދުރު ރާސްތާ ވިސްނުމެއް އޮތް ކަމަކަށް ހެދުމަށްޓަކައި ވައުދުފުޅާ އެއްގޮތަށް 20 އަހަރު ދުވަހުގެ ގައުމީ ތަރައްގީގެ ޕްލޭނެއް މި އަހަރު އެކުލަވައިލާނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ޕްލޭން މި އަހަރު އެކުލަވައިލާނެ ކަމަށާއި އެ ޕްލޭން އެކުލަވައިލާނީ ވީހާ ވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދައިގެން ކަމަށެވެ.
ގައުމީ ތަރައްގީގެ ޕްލޭނަށް ގާނޫނީ ބާރުވެރިކަން ހޯދައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ