އަންނަ ހުކުރު ދުވަހު މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.
ސިޓީ ކައުންސިލުން ބުނީ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ޤައުމީ ކެޑޭޓް ކޯ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އެއްވަގުތެއްގައި މާލޭގެ ބޮޑެތި މަގުތަކުގައި ހިނގާލުމެއް ކުރިއަށް ގެއްދިއުމަށް ހަމަޖެހިފައިވާތީ، މިހިނގާލުން ކުރިއަށްދާ ވަގުތު މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯ މެނޭޖްކުރުމަށް ދަތިވާނެ ކަމަށެވެ.
ވުމާއެކު ހުކުރު ދުވަހުގެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ހިނގާލުން ކުރިއަށްދާ ވަގުތުގައި މާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާ ވަގުތެއްގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.
މީގެ ކުރިންވެސް އެކި މުނާސަބާތަކާ ގުޅުވައިގެން ހަވީރުގެ ވަގުތު އެއްގަމު އުޅަނދު ދުއްވުން މަނާކުރެއެވެ. އެހެންނަމަވެސް މިގަޑީގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތައް ވަކި ހާއްސަ ހުއްދައެއްގެ ދަށުން ދުއްވެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފާއި ގައުމީ ކެޓޭޑް ކޯއިން މާލޭގެ ބޮޑެތި މަގުތަކުގައި މިދިޔަ ހުކުރު ދުވަހު ބާއްވަން ހަމަޖެއްސި ޕެރޭޑާއި ރޫޓުމާޗް ކެންސަލްކުރީ ވިއްސާރަވެގެންނެވެ.
ހުކުރުދުވަހުގެ ހަވީރު އެއްގަމު އުޅަނދު ދުއްވުން މަނާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ