ރާއްޖޭގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި ކުރިއަށްއޮތް ހަފްތާގައިވެސް އުތުރުގެ މަސްވެރިކަން ރަނގަޅުވާނެކަމަށް ލަފާކުރެވޭކަމަށް މިފްކޯއިން ބުނެފިއެވެ.
އަސްލު ޓީވީއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރ އިބްރާހިމް ސައީދު ވިދާޅުވީ މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ މަސްވެރިކަން ހީވެސްނުކުރާހާ މިންވަރަށް ދަށަށް ގޮސްފައިވާ ކަމަށެވެ. 
މިހާރު އުތުރާއި މެދުރާއްޖެތެރޭގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި މިފްކޯއަކީ މަސްވެރިން ބާނާ މަސް ޕްރޮސެސްކޮށްގެން އެއިން އާމްދަނީ އުފައްދައިގެން މަސްވެރިންނަށް ފައިސާދޭ ބަޔަކަށްވާއިރު މިހާރު ދިމާވެފައިވާ އެންމެ ބޮޑު ޗެލަންޖަކީ މަސްވެރިކަން ދަށަށްދިއުންކަން އިބްރާހިމް ސައީދު ފާހަގަކުރެއްވިއެވެ.
އައްޑޫ ދޯންޏެއް 25 ޓަނު މަސް ބާނައިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) އަށް ވަދެފައިވާކަން ހާމަކުރައްވައި އިބްރާހިމް ސައީދު ވިދާޅުވީ އަންގާރަ ދުވަހުވެސް 56 ޓަނުގެ މަސް ކިރާފައިކަމަށެވެ.
ޖުލައިމަހު މިފްކޯގެ މަސްފިހާރަތަކުން ކަނޑުގެ މަހުގެ ބާވަތްތައް ހުސްވެ އާއްމުންނަށް ދަތިތަކާ ކުރިމަތިލާންޖެހުނެވެ. 
ރާއްޖޭގައި މަސްވެރިކަން އެއްކޮށް ރަނގަޅުވާނީ އަންނަ އޯގަސްޓް މަހުގެ ތެރޭގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
    
    ކުރިއަށްއޮތް ހަފްތާގައިވެސް އުތުރުގެ މަސްވެރިކަން ރަނގަޅުވާނެ: މިފްކޯ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            