މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް ދީފައިވާ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށް، “ބިންވެރިޔާ” ހާއްސަ ސްކީމަށް އާ ކެޓަގަރީއެއް މިއަދު އިތުރުކޮށްފިއެވެ. ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމްގެ ދަށުން ދޫކުރާ 7،900 ފްލެޓާއި 15،000 ގޯއްޗަށް އެދުމުގެ ފަހު މުއްދަތު މިހާރު އަންނަ މަހުގެ 31 އަށް ބަދަލުކޮށްފައިވާ ކަމަށެވެ.
މި މަޝްރޫއުގެ އުސޫލަށް ގެނައި އިސްލާހާއެކު އަލަށް އިތުރުކުރި ތިންވަނަ ކެޓަގަރީއަކީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންނަށް ހާއްސަ ކެޓަގަރީއެކެވެ. މި ކެޓަގަރީގެ ދަށުން ކުރިން ގޯތި ލިބުނު ސިންގަލް އެޕްލިކޭޝަންތަކަށް އެ ގޯތި ދޫކޮށްލުމަށްފަހު ފްލެޓަށް ބަދަލުވުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅައިގެން ގޯތި ލިބުނު މީހުންނަށް، އެ ގޯތި ދޫކޮށްލުމަށްފަހު ވަކިވަކިން ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.
މި އާ ކެޓަގަރީއަށް ފޯމު ހުށަހެޅުން ކުރިއަށްދާނީ އަންނަ މަހުގެ 10 އިން ފެށިގެން އެ މަހުގެ ނިޔަލަށް ކަމަށް އޮފީހުން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ ރަށްވެހިންނަށް 4،000 ފްލެޓް ހާއްސަކޮށްފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ރަސްމާލެއިން ޖުމްލަ 25،000 ގޯތި ދޫކުރަން ނިންމާފައިވާ ކަމަށެވެ. މީގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 15،000 ގޯއްޗެވެ.
މަގުބޫލު ލިޔުންތައް ފޭދޫ ސްކޫލުގައި އަލިފާން ރޯވެ އަދަނީ! ފެނަކަ ހުޅުދޫމީދޫ ބްރާންޗުގެ ޑިރެކްޓަރަކަށް ސައީދާ މުތީއު އައްޔަންކޮށްފި ފްލައިޓެއްގައި ތިބި ފަސިންޖަރުންތަކެއްގެ އަތުން ވައްކަންކުރި ދިވެއްސަކު ހައްޔަރުކޮށްފި “ސިއްޙަތާއި ދުނިޔެ” ގެ ނަމުގައި ޑރ މު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ