މެންބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި މަޖިލީސް މެންބަރުން މަގާމުން ވަކިކުރެވޭނެ ގޮތް ހެދުމުގެ މަޝްވަރާތައް ފަށައިފި ރާއްޖޭގައި ބާއްވާ މައި 2 އިންތިޚާބު އެއްކޮށްލަން ހުށަހެޅި އިސްލާހު ކ

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކުރީގެ މެންބަރު މުހައްމަދު ސިނާން، އޭނާއަށް ލިބުނު ޓިކެޓު ދޫކޮށްލައިފިއެވެ.
ސިނާން ޓިކެޓު ދޫކޮށްލުމާ ގުޅިގެން، އެ ޕާޓީގެ ފަރާތުން މި އިންތިހާބުގައި ދެން ވާދަކުރާނީ ޕްރައިމަރީގައި ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) ކަމަށް ޕީއެންސީން ވަނީ ނިންމާފައެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ސިނާންގެ މައްޗަށް ބޭންކް ލޯނެއްގެ ސާބިތު ދަރަނި އޮތްކަން ކޯޓަށް ސާބިތުވެ، ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެއަށްފަހު ބޭއްވި ޕީއެންސީ ޕްރައިމަރީގައި ސިނާން ވަނީ 226 ވޯޓު ހޯއްދަވައިގެން ޓިކެޓު ކާމިޔާބު ކުރައްވާފައެވެ. އޭނާއާ ވާދަކުރެއްވި އަހުމަދު ސައީދަށް ލިބިވަޑައިގަތީ 187 ވޯޓެވެ.
ސިނާން ސޯޝަލް މީޑިއާ މެދުވެރިކޮށް ބުނީ، މި އިންތިހާބުގައި ވާދަނުކުރުމަށާއި އެހެން ބޭފުޅަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މޭ 2 ގެ ނިޔަލަށް އިތުރުކޮށްފައެވެ. ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ ޖޫން 6 ވާ ހޮނިހިރު ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ