ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލާ އެ ދަފްތަރުގައި ރެޖިސްޓާ ވާން ހުޅުވައިލައިފި

ޓެކްސީ ދުއްވާ މީހުންގެ ގައުމީ ދަފްތަރެއް އެކުލަވައިލާ އެ ދަފްތަރުގައި ރެޖިސްޓާ ވާން ހުޅުވައިލައިފި އެވެ.
ޓެކްސީ ދުއްވާ މީހުންގެ ދަފްތަރެއް އެކުލަވާލުމަކީ މި ސަރުކާރުގެ ހަފްތާ 14ގެ ވައުދެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޓެކްސީ ޑްރައިވަރުންގެ ގައުމީ ދަފްތަރެއް އެކުލަވާލާ އެ ދަފްތަރުގައި ޓެކްސީ ޑްރައިވަރުން ރަޖިސްޓަރީވާން މިހާރު ވަނީ ހުޅުވައިލައިފަ އެވެ.
އަދި ދަފްތަރުގައި ރެޖިސްޓާ ވާން ބޭނުންވާ މީހުން ސިމްސް ޕޯޓަލް މެދުވެރިކޮށް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމުމެދުވެރިކޮށް އެކަމަށް އެޕްލިކޭޝަން ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފަ އެވެ.
ޑްރައިވަރުންނަށް ދަފްތަރެއް އެކުލަވައިލުމުން އެ ފަރާތްތަކަކީ ރަސްމީ ސިފައެއްގައި އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.
އެގޮތުން، މި ދަފްތަރު އެކުލަވާލާއިރު ޑިޖިޓަލް ޕޭމަންޓްގެ ނިޒާމް ގާއިމްކުރުމަށާއި، ބޭންކްތަކާ މަޝްވަރާކޮށްގެން މި ފަދަ ނިޒާމެއްގެ ދަށުން ނަގާ ފީގެ ނިސްބަތް އުވައިލައިގެން ޓެކްސީގެ ހިދުމަތް ދެވޭނެ ގޮތުގެ ނިޒާމެއް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރެވިފައިވާކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ