"ހަވީރު" ނޫހަކީ ޑރ. ޒާހިރުގެ މިލްކެއް: ސުޕްރީމް ކޯޓު

ދުވަހު ނޫސް "ހަވީރު" ގައި އިބްރާހީމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަންގެ އެއްވެސް ހިއްސާއެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފިއެވެ.
"ހަވީރު" ނޫޙުގެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ.
"ހަވީރު ނޫސް އޭޖެންސީ" ގެ ފައިދާ ޑރ. މުހައްމަދު ޒާހިރު ހުސެއިން، އިބްރާހީމް ރަޝީދު މޫސާ، އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމް ގެ މެދުގައި ބަހަން ޖެހޭ ކަމަށް ބުނެ އިބްރާހިމް ރަޝީދު މޫސާ އަދި އަބްދުﷲ ފާރޫގު ކުރި ދައުވާގައި ސިވިލް ކޯޓުން ފުރަތަމަ ހުކުމް ކޮށްފައިވަނި ޑރ. ޒާހިރުއާ އެއްކޮޅަށެވެ. އެހެންނަމަވެސް ހައިކޯޓުން އެ ހުކުމް ބާތިލުކޮށްފައިވެއެވެ.
މި މައްސަލައިގައި ހަވީރު ނޫސް ބަންދު ކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ހަވީރު ނޫސް އުފައްދަން ފައުންޑަރުންގެ މެދުގައި ވެފައިވާ އެއްބަސްވުމަކީ އެމްއޯޔޫ ނުވަތަ ފަހުމުނާމާއެއް ކަމަށެވެ. އެހެންކަމުން އެ އެއްބަސްވުމަކީ ހައްގުތައް އުފަންކުރުވައި ގާނޫނީ ގޮތުން ތަންފީޒުކުރެވޭނެ އެއްބަސްވުމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުން މި މައްސަލައިގައި ނިންމާފައިވަނީ ހަވީރު ނޫހަކީ ޑރ. ޒާހިރުގެ މިލްކެއް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާފައިވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން، ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމްއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ