ވެމްކޯގެ ޑިއެމްޑީގެ މަގާމަށް ޝަހީދު އައްޔަންކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕްރޭޝަން ލިމިޓެޑް (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަހީދު އިބްރާހިމް އައްޔަންކޮށްފިއެވެ.
ވެމްކޯގެ ޑީއެމްޑީގެ މަގާމަށް ޝަހީދު އައްޔަންކޮށްފައިވަނީ އިއްޔެއެވެ.
https://twitter.com/WAMCOmv/status/1782829763595497782
ވެމްކޯއަށް ދެވަނަ ޑީއެމްޑީއެއް އައްޔަނު ކޮށްފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ވެމްކޯއަކީ ވަރަށް ހާލުގައި އޮތް ކުންފުންޏެއް ކަމަށެވެ.
ޝަހީދުގެ އިތުރުން ވެމްކޯގެ ޑީއެމްޑީގެ މަގާމުގައި ހުންނަވަނީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އައްޔަންކޮށްފައެވެ. އޭނާ އެމަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ