‏ޖިނާއީ އެތައް ކުށެއް ސާބިތުވެ ޖަލަށް ލާފައިވާ ޕީއެންސީގެ ކެނޑިޑޭޓު ޝަމްއޫންއަށް ފުލުހުންވެސް ކެމްޕޭމް ކޮށް ދެނީ!

‏ގޭންގް ސްޓާރެއްގެ ކެމްޕޭންގައި ފުލުހުންގެ ފޮޓޯ ބޭނުންކޮށް, އޭނާއަށް ފުލުހުންވެސް ކެމްޕޭން ކޮށްދޭން ފެށުމާއެކު ސަރުކާރަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ.
‏ވައިކަރަދޫ ދާއިރާއަށް ވާދަކުރާ ކްރިމިނަލް ރެކޯޑް އޮތް ޕީއެންސީ ކަނޑިޑޭޓް ޝައްމޫނު މިއަދު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯގައިވަނީ އަންހެން ފުލުހެއް ކައިރީ ވާހަކަ ދައްކަން ހުންނަ ފޮޓޯއެކެވެ. އެފޮޓޯގައި ޝައްމޫނުގެ ނަމާއި ކެނޑިޑޭޓް ނަންބަރު ޖަހާފައިވެއެވެ. ފުލުހުންގެ ޤާނޫނު ބުނާ ގޮތުގައި ސިޔާސީ ކަންކަމުގައި ފުލުހުން ބައިވެރިވުމަކީ މަނާ ކަމެކެވެ. އަދި ފުލުހުން ބޭނުންކޮށްގެން ސިޔާސީ ކަންކަމަށް ހިތްވަރުދޭ ފޮޓޯ އާއީ ވީޑިއޯ އާންމު ކުރުމަކީ މައްސަލައެކެވެ.
‏ޕީއެންސީގެ ޓިކެޓްގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރާ, ވައްކަމާއި ޑްރަގް ވިއްކުމުގެ ރެކޯޑް އޮންނަ, މުއިއްޒުގެ ތާއީދުއޮތް މުހައްމަދު ޝަމްއޫނު އަކީ ”ޖައުސާ ފްލެޓް ސްކޭމް“ގައިވެސް ހިމެނޭ ފަރާތެއްކެވެ. އަދި އޭނާއަކީ ވައްކަމާއި ޑްރަގް ވިއްކުމުގެ ރެކޯޑް އޮންނަ މީހެކެވެ.
‏އެގޮތުން ވައްކަމުގެ ކުށް ސާބިތުވެ އޭނާ ޖަލުހުކުމެއް ތަންފީޒު ކޮށްފައި ވެއެވެ. އޭނާ ވައްކަން ކޮށްގެން ޖަލަށް ލާފައިވަނީ 2007 ވަނަ އަހަރު ސަލްޓަންްސް އޮފްދަ ސީސްގެ މެރިން ޓެކްސީސްގެ ތަތްގަޑެއް ޖަހައިގެން ކުލިކް ކޮމްޕިއުޓާސްއިން ދެ ލެޕްޓޮޕް މަކަރާއި ހީލަތުން ނެގުމުގެ ކުށުގައެވެ. އެ މަސައްލާގައި އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ 9 މަހާއި 18 ދުވަހަށް އޭނާ ޖަލަށް ލުމަށެވެ.
‏އޭގެ އިތުރުންވެސް ޝަމްއޫންއަކީ މަސްތުވާތަކެތި ވިއްކުމުގެ ކުށް ސާބިތުވެ ޖަލަށް ލާފައިވާ މީހެކެވެ. އޭނާ މިނިވަން ކޮށްފައިވަނީ ރައީސް ޔާމިންގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ.
‏އޭނާއަކީ ގިނަ ކުށްތަކުގެ ރެކޯޑް އޮންނަ ފަރާތެކެވެ. އެގޮތުން ތިރީގައި މިވަނީ އޭނާގެ މައްޗަށް މިހާތަނަށް ތަންފީޒު ކޮށްފައި އިތުރު ބައެއް ހުކުމްތަކުގެ ބައެއް ތަފްސީލެވެ.
‏އަމުރަށް ނުކިޔަމަންތެރިވުން: 150 ރުފިޔާއިން ޖުރިނަމާ ކުރުން‏އެކްސިޑެންވުމުން ކަމާބެހެ ފާރާތްތަކަށް ނާންގާ ހުރުން (ފިލައިގެން ދިއުން): 3 މަސްދުވަހަށް ގޭބަންދު ކުރުން‏ދޮގު ހެކި ދިނުން: 4 މަސްދުވަހަށް އަރުވާލުން‏ޕީއެންސީގެ ޓިކެޓްގައި ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ގޭންގް ސްޓާރުންނާއި, ޖިނާއީ ބޮޑެތި ކުށްތައް ކޮށްފައިވާ މީހުން ވާދަކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ.
‏ޕީއެންސީގެ ކެނޑިޑޭޓް އެމްޑީޕީގެ ޒުވާނަކަށް މަރުގެ އިންޒާރު ދިން މައްސަލާގައި ފުލުހުން އަދި އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
‏ކުރިޔަށް އޮތް މަޖިލިސް ކެމްޕޭންގައި, ވިޔަފާރިވެރިންގެ އުނގަށް ވެއްޓި, ރައީސް މުއިއްޒު ގެންދަވަނީ, ޑްރަގް ޑީލަރުންނާއި, ވަގުންނާއި އަދި ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ މީހުންނަށް ތާއީދުކޮށް, އެމީހުން މަޖިލިހަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ